ޔޫއެފާގެ ފުޓްބޯޅަ އެޑްވައިޒަރަކަށް ލުއިސް ފީގޯ ހަމަޖައްސައިފި
ޔޫރަޕްގެ ފުޓްބޯޅަ މައި އިދާރާ (ޔޫއެފާ) ގެ ފުޓްބޯޅަ އެޑްވައިޒަރަކަށް ޕޯޗުގަލްއާއި ރެއާލްގެ ކުރީގެ ތަރި ލުއިސް ފީގޯ ހަމަޖައްސައިފިއެވެ.
މިކަމާ ގުޅިގެން މީޑިއާއާ ވާހަކަދައްކަމުން އުމުރުން 44 އަހަރުގެ ފީގޯ ބުނީ ޔޫއެފާގެ އެޑްވައިޒަރަކަށް ހަމަޖެއްސުމަކީ ލިބުނު ވަރަށް ބޮޑު ފަޙުރެއްކަމަށެވެ. އެހެން ކަމުން މިއީ ފުޓްބޯޅަ އިން އޭނާއަށް ލިބި ދަސްވެފައިވާ ކަންތައްތައް އެހެން ބަޔަކާ ހަމަޔަށް ފޯރުކޮށްދޭން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށްވެސް ފީގޯ ބުންޏެވެ.
"ޔޫއެފާގައި މަސައްކަތް ކުރަން ލިބުމުން އެކަމާ އުފާކުރަން. މިއީ ފުޓްބޯޅަ އިން އަހަންނަށް ދަސްވެފައިވާ ކަނަތައްތަށް އެހެން ފަރާތްތަކަށް ދަސްކޮށްދޭން ވަރަށް ރަނގަޅު ފުރުސަތެއް. ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވިފައި އެބަހުރި." ފީގޯ ބުންޏެވެ.
ޔޫއެފާގެ ރައީސް އެލެގްޒެންޑާ ސެފެރިން ވިދާޅުވީ ފީގޯ އަކީ ފުޓްބޯޅައިގެ ތެރެއިން އެހެން މީހުންގެ އިހުތިރާމް ހޯދާފައިވާ ފަރާތެއް ކަމަށާއި ފީގޯގެ ތަޖުރިބާ ވެގެންދާނީ ޔޫއެފާއަށް ވަރަށް މުހިއްމު އެއްޗަކަށް ކަމަށެވެ.
އެހެން ކަމުން ފީގޯގެ އެހީތެރިކަމާއެކު ގިނަ ކަންކަން ރަނގަޅު ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫއެފާގެ ފުޓްބޯޅަ އެޑްވައިޒަރަކަށް ފީގޯހަމަޖެއްސިއިރުމިއަހަރުގެކުރީކޮޅުވެސްއެމަގާމަށްއިތުރުދެފަރާތެއްވަނީހަމަޖައްސާފައެވެ. އެމަގާމުގައިމިވަގުތުތިބިދެފަރާތަކީޖަރުމަނުގެކުރީގެމިޑްފީލްޑަރު ކެސްލާ އާއި ސާބިޔާގެ ކުރީގެ މިޑްފީލްޑަރު ޑީޖާން ސްޓެންކޮވިޗްއެވެ.
ލުއިސް ފީގޯ އަކީ ރެއާލް މެޑްރިޑް އަދި ބާސެލޯނާއަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.