ސިފަ ހުތުރުކަމުން ކައިވެނިކުރާނެ އަންހެނަކު ލިބިވަޑައިނުގެންނެވި ޖުލައިބީބަށް ދުނިޔެއާ ސުވަރުގޭގަ އަނބިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ސިފަ ހުތުރުކަމުން ކައިވެނިކުރާނެ އަންހެނަކު ލިބިވަޑައިނުގެންނެވި ޖުލައިބީބަށް ދުނިޔެއާ ސުވަރުގޭގަ އަނބިން!
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޞަހާބީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޖުލައިބީބް (ރޢ) އަކީ ވރަށް ސިފަ ހުތުރު ބޭކަލެކެވެ، އެހެންކަމުން ޖުލައިބީބަށް ބަލަންވެސް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. އެއްވެސް އަންހެނަކުވެސް މެއެވެ.

ޖުލައިބީބުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި އޮތީ ކައިވެނީގެ ކަންތަކެވެ. އެއްވެސް އަންހެނަކު އޭނާ އާއި ކައިވެނިކުރަން ޤަބޫލުނުވުމުގެ މައްސަލައެވެ. އެކަމުގެ ވާހަކަ ޖުލައިބީބް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)އަށް ދެންނެވިއެވެ.

ޖުލައިބީބު ދެންނެވީ އޭނާއަށް ސުވަރުގެއިންް ނޫނީ އަނބިކަނބަލަކު ހަމަ ނުލިބޭނީތޯއެވެ! ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރެއްވެވީ ދެދުނޔޭގައިވެސް ލިބޭނެ ކަމަށެވެ.

މިވެނި ގެއަކަށް ގޮސް އެމީހުންގެ ދަރިފުޅުގެ ކައިވެންޏަށް އެދިވަޑައިގަތުމަށް ވިދާޅުވިއެވެ.

ޖުލައިބީބު ވަޑައިގެން އެގޮތަށް ކަންތައް ކުރެއްވުމުން އެޢާއިލާ އިން ހެދީ ދެކޮޅެވެ.

އެކަން އެނގިވަޑައިގަތުމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަމިއްލަފުޅަށް އެގެއަށް ވަޑައިގެން އެމީހުންގެ ދަރިފުޅުގެ ކައިވެންޏަށް އެދިވަޑައިގެންނެވިއެވެ. މަންމަ އާއި ބައްޕަ ތިބީ އެކަމަށް ލޮލާއި ބޮލުން ތައްޔާރުވެގެންނެވެ.

ނަމަވެސް ކައިވެނިފުޅު ކުރައްވަނީ ޖުލައިބީބުކަމަށް ވިދާޅުވުމުން ބައްޕަ އާއި މަންމަ އެކަމަށް ހުއްދަދޭން ބޭނުމެއް ނުވިއެވެ. މަންމަ ބުނީ މާރީތި، މާ މުއްސަނދި މާ ޤަދަރުވެރިން ކައިވެންޏަށް އެދުމުން އެކަން ކޮށް ނުދީފައި ދަރިފުޅު އެ ސިފަ ހުތުރު ޖުލައިބީބަށް ދޭނީ ކިހިނަކުން ހެއްޔެވެ؟

މި ޒުވާބުގެ އަޑު އިވުމުން އަންހެން ކުއްޖާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ބުނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އެދުން ފުޅެއް ބޮލާލައި ނުޖެހޭނެ ކަމަށެވެ. ޖުލައިބީބު ނޫން މީހަކާއި އޭނާ ކައިވެނި ނުކުރާނެ ކަމަށެވެ.

ޖުލައިބީބަކީ އެހައިމެ ފަޤީރުވެސް ބޭކަލެކެވެ. އެހެންކަމުން ކައިވެނީގެ ކަންތައްތައް ހަމަޖައްސަައިދެއްވެވީވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ އެދިވަޑައިގަތުމަށް ޞަހާބީންެވެ.

ހަނގުރާމައެއްގައި ޖުލައިބީބ ޝަހީދުވެވަޑައިގެންނެވިއެވެ. ޖުލައިބީބުގެ ޝަހީދުވެފައިވާ ހަށިގަނޑު ފެނިވަޑައިގަތުމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކިރިތި ކުރެއްވެވިއެވެ. ޖުލައިބީބު ޝަހީދުވެފައިވަނީ 7 ދުޝްމިނުން މެރުއްވުމަށްފަހުގައެވެ.

އޭނާގެ ހަށިގަނޑު އުފުއްލެވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ އަތްޕުޅުންނެވެ. އަދި ޖުލައިބީބަށް ސުވަރުގޭގައި ހޫރަލްއީނަކު ޚިދުމަތްކުރާތަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މިދުނިޔޭގައި ދެކެވަޑައިގެންނެވިއެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން