ލ. ގަމުގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއެކްސިޑެންޓު ހިނގި ކަމަށް ރިޕޯޓުކޮށްފައިވަނީ މިރޭ 21:22 ހާއިރުއެވެ.
މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ގަމު ތުނޑި ވޮލީ ކޯޓު ކައިރީ ސިނައީ ބޮޑު މަގުގައި ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ އަންހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ. އެދެމީހުންނަށް ވެސް ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އެދެމީހުންގެ ހާލު ސީރިއަސް އެއް ނޫނެވެ. އަދި އެމީހުންގެ ފަރުވާ ކުރިއަށްދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.