އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗު ލާޒިޔޯ އިން ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗުން ޔުވެންޓަސްގެ މައްޗަށް ލާޒިއޯއިން ކުރިހޯދާފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ލޯޒިއޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެފުރތަމަލަނޑުޖަހާލީޑުނެގީޔުވެންޓަސްއިންނެވެ. މެޗުގެ 23 ވަނަމިނެޓްގައިމިލަނޑުއެޓީމަށްކާމިޔާބުކޮށްދިނީޑަގްލަސްކޮސްޓާއެވެ. މިގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެކުރިން ޔުވެންޓަސް އިން ވަނީ ލާޒިޔޯގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
ޔުވެންޓަސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލިނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ސިރޯ އިމޯބިލޭ ވަނީ ލަނޑެއް ކާމިޔާބުކޮށް ލާޒިޔޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ ލީޑު ލާޒިއޯއިން ނެގީ މެޗުގެ 54 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑުވެސް ޖަހައިދިން އިމޯބިލޭއެވެ. މި ދެ ގޯލާއެކު އިމޯބިލޭ ލީގުގައި ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 11 އަށް އަރާފައެވެ.
ނަތީޖާ އެއްވަރުކޮށްލަން މެޗުގެ ފަހު މިނެޓްގައި ޔުވެންޓަސް އަށް ވެސް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ޑިބާލާ ފޮނުވާލި އެ ޕެނަލްޓީ ލާޒިޔޯގެ ގޯލްކީޕަރު ވަނީ ހުސިޔާރުކަމާއި އެކު ދިފާއުކޮށްފައެވެ.
ރޭގެ މެޗުން ބަލިވުމުން ޔުވެންޓަސް މިހާރު އޮތީ 19 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައެވެ. ތިންވަނައިގައި އޮތް ލާޒިޔޯއަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު ޔުވެންޓަސްއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ އެއްވަނައިގައި 24 ޕޮއިންޓާއެކު މިހާރު އޮތީ ނަޕޯލީއެވެ.