ރޮނާލްޑޯ ރެއާލް މޮޅުކޮށް ދީފި

ކިޔުމަށް ހޭދަވާނީ 1މ 31ސ
ރޮނާލްޑޯ ރެއާލް މޮޅުކޮށް ދީފި
ކަރީމް ބެންޒެމާ އާއި ކްރިސްޓިއާނޯ ލީގްގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑުތަކުން ގެޓަފޭގެ މައްޗަށް ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ.

ރޭ ރެއާލްއިން ގެޓަފޭގެ މައްޗަށް ކުރިހޯދާފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

ރޭ ގެޓަފޭގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ލަނޑުޖަހަ ލީޑުނެގީ ރެއާލްއިންނެވެ. މެޗުގެ 38 ވަނަ ިނެޓުގައި މި ލަނޑު ރެއާލްއަށް ކާމިޔާބު ކޮށްދިނީ ކަރީމް ބެންޒެމާއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ރެއާލްއިން ނިންމާލިނަމަވެސް ދެ ވަނަ ހާފު ފެށިގެން 11 ވަނަ މިނެޓްގައި، ޖޯޖް މޮލިނާ ވަނީ، ގެޓަފޭއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މި މެޗު ރެއާލް އެއްވަރުވެގެންނިމިދާނެކަމަށްމެޗުގެ 80 ވަނަމިނެޓާ ހަމަޔަށް ދިޔައިރުވެސް ގަބޫލު ކުރެވުނެވެ. އެހެން ނަމަވެސް މެޗުގެ 85 ވަނަ މިނެޓުގައި އިސްކޯ ދިން ބޯޅަ އަކުން، ރޮނާލްޑޯ ވަނީ ލަނޑެއް ކާމިޔަބުކޮށް ރެއާލް މޮޅުކޮށްދީފައެވެ.

ގެޓަފޭއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގައި، ރެއާލްގެ ފޯވަޑުން ކަމަށްވާ، ބެންޒެމާ އާއި ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑު ތަކަކީ، މި ސީޒަންގެ ސްޕެނިޝް ލީގްގައި އެ ދެ ކުޅުންތެރިން ކާމިޔާބު ކުރި ފުރަތަމަ ލަނޑުތަކެވެ.
ރެއާލް އަށް ދެ ވަނަ މަގާމް ލިބުނީ، ކުރިން ދެ ވަނައިގައި އޮތް ސެވިއްޔާ، އެތުލެޓިކް ކުލަބު އަތުން 1-0 ން ބަލިވުމުން ނެވެ. އެތުލެޓިކްގެ ލަނޑު ކާމިޔާބު ކުރީ، މިކެލް ވެސްގާ އެވެ.

ރެއާލް ދެ ވަނައިގައި އޮތީ، 17 ޕޮއިންޓާއެކު އެވެ. އެއީ އެއް ވަނައިގައި ބާސެލޯނާ އަށް ވުރެ، ފަސް ޕޮއިންޓް ދަށް އަދަދެކެވެ. ބާސާ އެއް ވަނައިގައި އޮތީ، 22 ޕޮއިންޓާއެކު އެވެ. އެތުލެޓިކޯ މެޑްރިޑް ތިން ވަނައިގައި އޮތީ، 16 ޕޮއިންޓް ހޯދައިގެންނެވެ.

މިއަދު އޮންލައިން