ބޮޑެތި މަޤާމުތައް ލިބޭ އިރު، މައިންބަފައިންގެ މަތިން ހަނދާން ނެތޭނަމަ، އެއީ ވެވޭ އިހުމާލެއް: ޝައިޚް އިބްރާހިމް ޙުސައިން

ކިޔުމަށް ހޭދަވާނީ 1މ 17ސ
ބޮޑެތި މަޤާމުތައް ލިބޭ އިރު، މައިންބަފައިންގެ މަތިން ހަނދާން ނެތޭނަމަ، އެއީ ވެވޭ އިހުމާލެއް: ޝައިޚް އިބްރާހިމް ޙުސައިން
އަޅުގަނޑުމެންނަށް ބޮޑެތި މަޤާމުތައް ލިބޭ އިރު، މައިންބަފައިންގެ މަތިން ހަނދާން ނެތޭނަމަ، އެއީ އަޅުގަނޑުމެން ތުއްތު އިރު އެދިން އަޅާލުމާއި އޯގާތެރިކަމަށް މިދުނިޔެމަތީގައި ވެވޭ އިހުމާލެއްކަމަށް ޝައިޚް އިބްރާހިމް ޙުސައިން ވިދާޅުވެއްޖެއެވެ.

މައިންބަފައިންނަށާއި ޢުމުރުންދުވަސްވީ މީހުންނަށް އަޅާލާ، ހެޔޮކޮށް ހިތުމަކީ އަޅުގަނޑުމެންގެ ޢުމުރު ދިގުވެ، ރިޒުޤު ދެއްވާ، ބަރަކާތްލައްވާ ކަމެއް ކަމަށާއި މާތް ﷲ އަށް އިޙްސާންތެރިވުމުގެ ގޮތުން މައިންބަފައިންނަށް ކަމޭހިތަށްޖެހޭކަމަށް އައްޝައިޚް އިބްރާހިމް ޙުސައިން ވިދާޅުވިއެވެ.

މައިންފައިންނަށް އިޙްޞާންތެރިވުމުގެ ގޮތުން ކަންތައްތައް ކުރުމަށް މާތް ﷲ ވަޙީކުރައްވާފައިވާ ކަމަށެވެ. އަދި އެއިން މީހަކާއިދިމާލަށް "އުއްފު" ވެސް ނުބުނުމަށް ވަޙީކުރައްވާފައިވާ ކަމަށާއި މައިންބަފައިން ހިތުގަ ޖެހޭވަރުގެ ކިތަންމެ ކުޑަ ކަމެއްވިޔަސް ކޮށްގެން ނުވާނެ ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް އިބްރާހިމް ޙުސައިން ވަނީ ދީލަތި މާތް ބަހުން މައިންބަފައިންނާ މުޚާތަބުކޮށް، ކަމޭހިތުމަށް އިލްތިމާސް ކުރައްވާފައެވެ.

"އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެން ކުޑަ އިރު، ޅަ އިރު، އެމީހުން އަޅުގަނޑުމެން ގެންގުޅުނުގޮތް. އެހެންވީމަ އެމީހުން މުސްކުޅިވެ ގައިބާރުދެރަވާ ދުވަހު އަޅުގަނޑުމެންވެސް ޖެހޭނީ ހަމަ އެގޮތަށް ކަންތައް ކޮށްދޭން" ޝައިޚް އިބްރާހިމް ޙުސައިން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މައިންބަފައިންނާމެދު ހެޔޮކޮށް ކަންތައް ކުރެވޭނަމަ އެއީ އަޅުގަނޑުމެން ގައިގަ ހުރި ރަނގަޅު ސިފައެއް ކަމަށާއި ނަމަވެސް އެގޮތަށް ކަންތައް ނުކުރެވޭނަމަ، އެގޮތަށް ޢަމަލުކުރުމަށް އަވަސްވެގަންނަންޖެހޭ ކަމަށެވެ.
މިއަދު އޮންލައިން