ޕްރޮފްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީހެއް އަވަށްޓެރި ސްރީލަންކާގައި ހުޅުވުމަށް ނިންމައިފިއެވެ.
މި އޮފީސް ހުޅުވުމަށް ނިންމާފައިވަނީ ކޮލޮމްބޯގައެވެ. އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އޮފީސް މާދަމާ ހުޅުވާނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އޮފީސް ހުޅުވުމަށް ވަޑައިގަންނަވާނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ އާއި ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފެވެ.
ޕީޕީއެމް އިން އެޕާޓީގެ އޮފީހެއް ލަންކާގައި ހުޅުވުމަށް ނިންމާފައިވާ އިރު، ގުޅިފައިވާ ޕާޓީތަކުން މިހާރު އަންނަނީ އެ ޤައުމުގައި އިހުތިޖާޖުގެ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީ މުޒާހަރާކޮށް ސަރުކާރާ ދެކޮޅަށް ދާދިފަހުން ވަނީ އަޑުއުފުލާފައެވެ.