ދަނޑުމަތީގައި ލިބުނު އަނިޔާއެއްގައި އިންޑޮނޭޝިއާގެ ކީޕަރެއް މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 3ސ
ދަނޑުމަތީގައި ލިބުނު އަނިޔާއެއްގައި އިންޑޮނޭޝިއާގެ ކީޕަރެއް މަރުވެއްޖެ


އިންޑޮނޭޝިއާގެ ފުރަތަމަ ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗެއްގައި ހިނގި ހާދިސާއަކާއި ގުޅިގެން އެގައުމުގެ ގޯލްކީޕަރަކު މަރުވެއްޖެއެވެ.

ގޯލް ކީޕަރު މަރުވެފައިވަނީ ޕެނަލްޓީއޭރިޔާތެރެއިންގޯލަށްވަނަނުދީބޯޅައެއްސަލާމަތްކުރަންއުޅުމުގެތެރޭގައިބައިކުޅުންތެރިއަކާއިއެކުމުޑިއަރައިހިނގިހާދިސާއެއްގައެވެ.
މި ހާދިސާގައި މަރުވެފައިވަނީ ޕެރްސެލާ ނަމަކަށް ކިޔާ މި ޓީމުގެ ގޯލްކީޕަރު އުމުރުން 38 އަހަރުގެ ޝޮއިރުލް ހޫޑާއެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 38 އަހަރުގެ ހޫޑާ އަށް އަނިޔާވީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޑިފެންޑަރުގެ ކަކޫ އޭނާގެ މެޔަށް އަރައިގެންނެވެ. ހޫޑާ މަރުވީ މި އަނިޔާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް އެ ކްލަބާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.


ރިޕޯޓްތައް ބުނާގޮތުގައި ހޫޑާ މަރުވީ ކުޅުންތެރިއެއްގެ ކަކުލުން މެއިމަތީގައި ޖެހުނުލެއް ބާރުކަމުން ނޭވާނުލެވިގެންކަމަށް އޭނާ ބެލި ޑޮކްޓަރުބުނެފައިވާކަމަށެވެ. ހޫޑާ އަނިޔާވެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެ މެޗުގެ ކުޅުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވަންދެން ކުޅެފައިވާއިރު، މި މެޗު ނިމުނީ 2-0 އިން ޕެރްސެލާ މޮޅުވެގެންނެވެ.

ފުޓްބޯޅަ ކެރިއަރުގައި ހޫޑާ ގިނަ ކާމިޔަބީތަކެއް ހޯދާފައިވީ ނަމަވެސް މިހުރިހާ ކާމިޔާބީއެއްވެސް ހޯދާފައިވަނީ ކުލަބު ލެވެލްގައެވެ. އެގޮތުން އީސްޓްޖާވާ ގަވަރނާސް ކަޕް 5 ފަހަރެއްގެ މަތިން ކުލަބާއި އެކު ހާސިލްކޮށްފައިވެއެވެ. އޭނާވަނީއެޓީމަށް 500 އަށްވުރެގިނަމެޗުކުޅެފައެވެ.

މިއަދު އޮންލައިން