އިކާޑީގެ ހެޓްރިކާއެކު އިންޓަ މޮޅުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 37ސ
އިކާޑީގެ ހެޓްރިކާއެކު އިންޓަ މޮޅުވެއްޖެ


ހުނަރުވެރި ފޯވާޑް މައުރޯ އިކާޑީގެ ހެޓްރިކުން އޭސީ މިލާންގެ މައްޗަށް އިންޓަ މިލާނުން ކުރި ހޯދައިފިއެވެ.

ރޭ ކުޅުނު މި މެޗުން މިލާންގެ މައްޗަށް އިންޓައިން ކުރިހޯދާފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ.

ރޭގެ މި މެޗުގެ ފުރަތަމަ ހާފްގައި އިންޓަ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ވެސް އެޓީމުންނެވެ. ކަންދްރޭވާ ނަގައިދިން ހުރަހަކުން ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން މި ގޯލު މެޗުގެ 28 ވަނަ މިނެޓްގައި އިންޓައަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އިކާޑީއެވެ.

އިންޓަ މިލާން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި މިލާނުން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް އިންޓަގެ ގޯލަށް ނުރައްކާތެރިހަމަލާތަކެއްފޮނުވާލާފައެވެ. ނަތީޖާއެއްގެގޮތުން މެޗުގެ 56 ވަނަ މިނެޓްގައި ސޫސޯ ވަނީ ލަނޑެއް ކާމިޔަބުކޮށް މިލާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ގޯލަށްފަހު ވެސް މިލާނުން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 63 ވަނަ މިނެޓުގައި އިންޓައިން އުފެއްދި ކައުންޓަ އެޓޭކެއްގައި އިކާޑީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ދެވަނަ ފަހަރަށް މެޗުގެ ލީޑުއިންޓައަށް ނަގާދީފައެވެ. މި ގޯލަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 81 ވަނަ މިނެޓްގައި އިންޓަގެ ގޯލްކީޕަރު ހަންޑަނޮވިޗް އަތުން ބައިކޮޅަށް ވަތް ލަނޑަކާއެކު މިލާނުން ވަނީ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފައެވެ.

ދެޓީމުވެސް އެއްވަރެއްގައި އޮވެ މެޗު ނިމެންދަނިކޮށް އެންމެ ފަހުމިނެޓުގައި، ލިބުނު ޕެނަލްޓީއަކުން އިންޓަމިލާނުންވަނީ ލީޑުނަގާފައެވެ. 90 ވަނަ މިނެޓްގައި އިންޓަ މޮޅުކޮށްދިން މި ލަނޑު ކާމިޔާބުކުރީ މި މެޗުގައި މޮޅުުކުޅުމެއް ދެއްކި މައުރޯ އިކާޑީއެވެ. އޭނާ ވަނީ މި މެޗުގައި އޭނާގެ ހެޓްރިކުވެސް ފުރިހަމަކޮށްފައެވެ. މިހެޓްރިކާއެކުލީގުގައިއިކާޑީކާމިޔާބުކުރިގޯލުގެއަދަދުވަނީނުވަޔަކަށްއަރާފައެވެ.

ރޭގެ މޮޅާއެކު އިންޓަ އޮތީ 22 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައެވެ. ލީގުގެ އެއްވަނައިގައި 24 ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ. ރޭގެ މެޗުން ބަލިވި މިލާން އޮތީ 12 ޕޮއިންޓާއެކު ލީގުގެ 10 ވަނައިގައެވެ.

މިއަދު އޮންލައިން