ލިވަޕޫލް އިން މަރިބޯ ލަދު ގަންނަވާލައިފި
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްލޮވީނިޔާގެ މަރިބޯއާ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ލިވަޕޫލް އިން ކާމިޔާބުކޮށްފިއެވެ.
ރޭ ކުޅުމު މެޗު މަރިނޯގެ މައްޗަށް ލިވަޕޫލްއިން ކުރިހޯދީ 0-7 ގެ ނަތީޖާއިންނެވެ.
ސްލޮވީނިޔާގައި ރޭ ކުޅުނު މި މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ހަތަރުވަނަމިނެޓްގައިރޮބާޓޯ ފަމީނޯވަނީލަނޑެއްކާމިޔާބުކޮށްލިވަޕޫލްއަށްލީޑު ނަގާދީފައެވެ. އަދި މެޗުގެ 13 ވަނަ މިނެޓްގައިކުޓީނިއޯލިވަޕޫލްގެދެވަނަގޯލުކާމިޔާބުކޮށްދިންއިރުފުރަތަމަ ހާފްނިމުމުގެކުރިންއެޓީމުގެތިންވަނަގޯލާއިހަތަރުވަނަގޯލު ކާމިޔާބުކޮށްދިނީމުހައްމަދުސަލާހުއެވެ.
ފުރަތަމަ ހާފް ހަތަރު ގޯލުގެ ލީޑަކާއެކު ލިވަޕޫލް އިން ނިންމާލިއިރު އެޓީމުގެފަސްވަނަގޯލުމެޗުގެ 54 ވަނަމިނެޓްގައިކާމިޔާބުކޮށްދިނީ ފުރަތަމަގޯލުވެސްކާމިޔާބުކޮށްދިންފަމީނޯއެވެ. އަދިއެޓީމުގެހަވަނަގޯލު މެޗުގެ 86 ވަނަމިނެޓްގައިޗެމްބަލޭންކާމިޔާބުކޮށްދިންއިރުލިވަޕޫލްގެ ފަހުގޯލުމެޗުގެފަހުމިނެޓްގައި ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު އެލެގްޒެންޑާއާނޯލްޑްއެވެ.
މި މޮޅާއެކު ލިވަޕޫލް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ގްރޫޕްއީގެއެއްވަނައިގައެވެ. ދެވަނައިގައިއޮތްސްޕާޓަކްމޮސްކޯއަށް ވެސްހަމަމިއަދަދަށްޕޮއިންޓްލިބިފައިވާއިރުލިވަޕޫލްއަށް ގްރޫޕްގެ އެއްވަނަލިބެނީގޯލުގެތަފާތުންނެވެ. ގްރޫޕްގެތިންވަނައިގައިހަތަރު ޕޮއިންޓާއެކުސެވިއްޔާއޮތްއިރުގްރޫޕްގެފުލުގައިއެއްޕޮއިންޓާއެކުއޮތީ މަރިބޯއެވެ.
މި ގްރޫޕްގައި ރޭ ސްޕާޓަކް މޮސްކޯ އިން ވަނީ ސެވިއްޔާގެ މައްޗަށް 1-5 އިން ކުރި ހޯދާފައެވެ.