މެޑްރިޑާއި ޓޮޓެންހަމް މެޗު އެއްވަރު ވެއްޖެ
ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ވަރުގަދަ ގްރޫޕް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ ގްރޫޕްއެޗްގައިރޭޗެމްޕިއަންރެއާލްމެޑްރިޑާއިޓޮޓެންހަމްހޮޓްސްޕާސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭ މި ދެޓީމު ބައްދަލުކުރި މެޗު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗު އެއްވަރުވިއިރު، މި ދެޓީމުންކުރެ ކޮންމެ ޓީމަކުންވެސް ހަތް ޕޮއިންޓް ހަމަކޮށްފައިވާއިރުޖެހިގޯލާއިވަންގޯލުވެސްއެއްވަރެވެ.
މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައިމެޑްރިޑާއިޓޮޓެންހަމްރޭކުޅުނުމެޗުގައިދެޓީމުގެފަރާތުންވެސްފޯރިގަދަކުޅުމެއްފެނިގެންދިޔައިރު،މެޗުގެފުރަތަމަލަނޑުޖަހާލީޑުނެގީ ޓޮޓެންހަމުންނެވެ. އެޓީމަށް 28 ވަނަމިނެޓުގައިލީޑުލިބުނީމެޑްރިޑުގެ ޑިފެންޑަރުރަފައެލްވަރާންއަތުންބައިކޮޅަށްވަންލަނޑުންނެވެ. މިލަނޑާއެކުމެޗުގެފުރަތަމަހާފުޓޮޓެންހަމްއިންނިންމާލަންދަނިކޮށްމެޑްރިޑްސަލާމަތްވީ 43 ވަނަމިނެޓުގައިލިބުނުޕެނަލްޓީއަކުންނަތީޖާއެއްވަރުވުމުންނެވެ. މިޕެނަލްޓީޓޮޓެންހަމްގެގޯލުގެ ތެރެއަށް ވައްދާލީ ރެއާލްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ގޯލާ އެކު ރޮނާލްޑޯ މިފަހަރުގެ މި މުބާރާތުގައި ކާމިޔާބުކުރި ގޯލުގެ އަދަދު 5 އަށް އެރީއެވެ.
އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ، ފަހު ހާފަށް ދެޓީމުންވެސް ކުޅެން ނިކުތީ މޮޅުވުގެ އުންމީދުގައި އިތުރަށް ކުޅުން ވަރުގަދަކޮށްގެންނެވެ. އެގޮތުން ދެ ޓީމަށްވެސް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އިތުރު ލަނޑެއް ނުޖެހި މެޗުގެ ފުރިހަމަ ވަގުތު ނިމިގެން ދިޔައިރު، ރޭގެ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންބުނީމެޗުގެކުޅުމާއިމެދުހިންހަމަޖެހުނުކަމަށާއިމިމެޗުންއެނގެނީއެންމެމަތީފެންވަރުގައިވެސްއެޓީމަށް ވާދަކުރެވޭނެކަންކަމަށެވެ.
ކޭން ބުނީ ރެއާލް އަތުން ލިބުނު ޕޮއިންޓަކީ މުހިންމު ޕޮއިންޓެއް ކަމަށާއި އެކަން އުފަލާއެކު ބަލައިގަންނަ ކަމަށެވެ. އަދި މި ޕޮއިންޓުގެ މަތިން އަބަދުވެސް ހަނދާންކުރާނެ ކަމަށާއި މި ނަތީޖާ އިން ދައްކައިދެނީ ޓީމެއްގެ ގޮތުގައި ދަތުރުކޮށްފައިވާ ހިސާބު ކަމަށްވެސް ކޭން ބުންޏެވެ.
"އަހަރެމެން މިތިބީ އުފަލުން. އަހަރެމެންރަނގަޅަށްކުޅެމެޑްރިޑަށްއުނދަގުލާ ކުރިމަތިކުރިން. ޕޮއިންޓެއް ލިބުނަސް އެވަރުން ހިންހަމަ ޖެހޭ." ކޭން ބުންޏެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވެސް ބުނީ އޭނާގެޓީމުންމެޑްރިޑަށްރަނގަޅުފައިޓެއްދިންކަމަށާއިއެހެންވެ އުފާވެފައިވާކަމަށެވެ.
ރެއާލް މެޑްރިޑާއި ޓޮޓެންހަމް މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، މި ގުރޫޕުގައި ހިމެނޭ ބޮރޫޝިއާ ޑޯޓްމުންޑާއި އެޕޮއެލް ބައްދަލުކުރި މެޗުވެސް ވަނީ 1-1 އިން އެއްވަރުބެފައެވެ.