މިރޭ ރޯމާ އާ ދެކޮޅަށް ކުޅޭ މެޗަށް މޮރާޓާ ފިޓުވެއްޖެ
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އިޓަލީގެ ރޯމާއާ ދެކޮޅަށް ކުޅޭ މެޗަށް ޗެލްސީގެ ފޯވާޑް އަލްވަރޯ މޮރާޓާ ފިޓުވެއްޖެކަމަށް އޭނާގެ ކުލަބު ޗެލްސީން ހާމަކޮށްފިއެވެ.
މިރޭގެ މެޗަށް މޮރާޓާ ފިޓުވިކަން ޗެލްސީން ކަށަވަރުކޮށްދީފައިވާއިރު، މޮރާޓާއަށް އަނިޔާވީ ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އަތުން 0-1އިން ޗެލްސީ ބަލިވި މެޗުގައެވެ. އެ އަނިޔާއާ ގުޅިގެން ލީގުގައި އެންމެފަހުންކްރިސްޓަލްޕެލެސްއާދެކޮޅަށްޗެލްސީކުޅުނުމެޗުގައި މޮރާޓާކުޅެފައެއްނުވެއެވެ.
މިރޭގެ މެޗުގެކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޗެލްސީގެ ކޯޗު އެންޓޯނިއޯކޮންޓޭބުނީއަނިޔާއިންރަނގަޅުވެޗެލްސީގެފަރިތަކުރުންތަކުގައިމޮރާޓާބައިވެރިވާންފަށާފައިވާކަމަށާއިމިރޭގެ މެޗަށްއޭނާފިޓުވެފައިވާކަމަށެވެ.
މިރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން މޮރާޓާ ކުޅޭނެ ކަމަށް ބެލެވޭއިރުއަނިޔާގެސަބަބުންމިމެޗުގައިޗެލްސީގެމުހިއްމުދެކުޅުންތެރިންކަމަށްވާއެންގޯލޯކަންޓޭއާއިވިކްޓަރމޯސެސްއަށް ނުކުޅެވޭނެއެވެ.
އެހެން ކަމުން މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޮންޓޭ ބުނީ އަނިޔާގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށާއި މިކަން މިގޮތަށް ދިމާވަނީ ކޮންމެމެޗެއްގައި ވެސް އެއް ކުޅުންތެރިންތަކެއް ލައްވާ ކުޅުވަން ޖެހޭތީ ކަމަށެވެ.
ކޮންޓޭ ބުނީ މިއީ ކަންޓޭ އާއި މޯސެސްގެ އިތުރުން މޮރާޓާވެސް އެ ކުޅުންތެރިންގެ ކެރިއަރުގައި މިހާ ކައިރިކައިރީގައި މެޗުތަށް ކުޅެން ޖެހުނު ފުރަތަމަ ފަހަރުކަމަށާއިއަނެއްކޮޅުންމިއީމޮރާޓާގަވާއިދުންކޮންމެމެޗެއްގައިވެސްފުރަތަމައެގާރައިގައިހިމެނިގެންމެޗުތައްކުޅޭ ފުރަތަމަފަހަރުކަމަށެވެ. އެހެންކަމުންކުޅުންތެރިންނަށްރެސްޓެއްވެސްނުލިބޭކަމަށާއި އެހެން ކަމުން އޭނާ ޖެހެނީ ރިސްކްތަކެއް ނަގަންކަމަށް ކޮންޓޭ ބުންޏެވެ.
މުހިއްމު ކުޅުންތެރިންނަށް އަނިޔާވުމަކީ އޭގެ ސަބަބުން ޓީމަށް އިތުރު އުނދޫތަކެއްކުރިމަތިވާކަމެއްކަމަށާއިނަމަވެސްމިކަމުންއަރައިގަތުމަށްވީހާވެސްރަނގަޅަށްމަސައްކަތްކުރަންޖެހޭކަން ވެސް ކޮންޓޭ ބުންޏެވެ.
މިރޭގެ މެޗަށް ނިކުންނައިރު ޗެލްސީ މިވަގުތު އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެލިބުނުހަޕޮއިންޓާއެކުގްރޫޕްސީގެއެއްވަނައިގައެވެ.ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ރޯމާ އޮތްއިރު އެއް ޕޮއިންޓާއެކު ގްރޫޕްގެތިންވަނައިގައިއޮތީއެތްލެޓިކޯ މެޑްރިޑެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓެއްނުލިބިއޮތީގަރަބާގްއެވެ.
ޗެލްސީގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 23:45 ގައެވެ.