ވަރލްޑްކަޕް ޕްލޭ އޮފްގައި އިޓަލީ ސްވިޑެންއާ ބައްދަލުކުރަން ޖެހިއްޖެ
2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ ވަރލްޑް ކަޕު ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ޕްލޭއޮފްގައިއިޓަލީއާއިސްވިޑެންބައްދަލުކުރަންޖެހިއްޖެއެވެ.
ސްވިޑެން އާއި އިޓަލީ ޕްލޭއޮފްގައި ބައްދަލުކުރަން ޖެހުނުއިރު ކްރޮއޭޝިޔާބައްދަލުކުރާނީގްރީސްއާއެވެ. އަދިޑެންމާކްއާއިއަޔަލޭންޑްބައްދަލުކުރަންޖެހުނުއިރުނޮދަންއަޔަލޭންޑްބައްދަލުކުރާނީ ސްވިޒަލޭންޑާއެވެ.
އިޓަލީ އާއި ސްވިޑެން ޕްލޭއޮފްގައި ބައްދަލުކުރަން ޖެހުނުއިރު މި ދެ ޓީމުމީގެކުރިން ވަނީ 23 ފަހަރެއްގެމަތިން ބައްދަލުކޮށްފައެވެ. އޭގެތެރެއިން 11 މެޗު އިޓަލީން ކާމިޔާބުކުރިއިރު ހަ މެޗު ވަނީ އެއްވަރުވެފައެވެ. އެހެންނަމަވެސްޕްލޭއޮފްމެޗެއްގައިމީގެކުރިންމިދެޓީމުބައްދަލުކޮށްފައެއްނުވެއެވެ.
މި ދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ ވޯލްޑްކަޕް ކޮލިފައިންގައި މިއަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުގައެވެ. އެމެޗު އިޓަލީ ވަނީ ސްވިޑެންގެ މައްޗަށް 0-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.
ޕްލޭ އޮފްގައި ވާދަކުރަނީ ޔޫރަޕްގެ ކޮލިފައިން ރައުންޑްގައި ކުޅެ ގްރޫޕް ސްޓޭޖުން ދެވަނައަށް ދިޔަ އެންމެ ގަދަ އަށް ޓީމެވެ.
ޕްލޭ އޮފްގެ ފުރަތަމަ ލެގުގެ މެޗުތަށް ކުޅޭނީ އަންނަ މަހުގެ 9 އަދި 11 ގައެވެ. އަދިދެވަނަލެގުގެމެޗުތަށްކުޅޭނީއަންނަމަހުގެ 12 އަދި 14 ގައެވެ.
ވަރލްޑް ކަޕްގެ ގުރު ނެގުން އޮންނާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
ވަރލްޑް ކަޕް އޮންނާނީ އަންނަ އަހަރުގެ ޖޫން މަހުގެ 14 އިން ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.