ޕީޕީއެމްގެ ޖަލްސާގައި ބައިވެރިވާން އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރާނެ: އަަބްދުއްރަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޕީޕީއެމްގެ ޖަލްސާގައި  ބައިވެރިވާން އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރާނެ: އަަބްދުއްރަހީމް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޖަލްސާތަކާއި ހަރަކާތްތަކުގައި ބައިވެރިވާން އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރާނެކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

"ތައްޔާރު" ނަމުގައި ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއާއި ބެހޭގޮތުން މިއަދު އެ ޕާޓީގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ޖަލްސާތަކާއި ހަރަކާތްތަކުގައި ބައިވެރިވާން އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރާނެކަމަށާއި އެ ހަރަކާތްތަކުގައި ހެޔޮ ހިތުން ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ޖަލްސާއެއްގައި ބައިވެރިނުވެގެން އެއްވެސް މުވައްޒަފަކު ވަފީޒާއިން ވަކިކޮށްފައި ވާ ނަމަ އެ މުވައްޒަފަކު އެކަން ދެއްކުމަށް ވެސް އަަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.

އަަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް ޖަލްސާއަށް ދައުވަތު ދިނުމަކީ މަޖުބޫރު ކުރުމެއް ނޫންކަމަށާއި ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުންގެ ކުރިއެރުމަށް ޕީޕީއެމުން މަސައްކަތްކުރާ އިރު ޖަލްސާތަކަށް އެ މީހުން ނުދާ ނަމަ، އޭގެ ސަބަބު ހޯދަން މަސައްކަތް ކުރައްވާނެކަމަށެވެ. ނަމަވެސް އެއްވެސް ކަމަކަށް މަޖުބޫރު ނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

މާދަމާ ރޭގެ ޖަލްސާއަކީ ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަތަކެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ޕީޕީއެމުން ވަކިކުރެއްވުމަށްފަހު ބާއްވާ އެންމެބޮޑު ޖަލްސާއެކެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.






މިއަދު އޮންލައިން