އިސްލާމްވުމުން ހީވީ ލޯމަތިން ފަރުދާއެއް ކެހުންހެން

ކިޔުމަށް ހޭދަވާނީ 2މ 10ސ
އިސްލާމްވުމުން ހީވީ ލޯމަތިން ފަރުދާއެއް ކެހުންހެން
ސުފްޔާން ގެންޓް އުފަންވީ އިރު އެނާގެ ނަމަކީ މޮރިސް އެލެކްސެންޑަރ ގެންޓް އެވެ. އަދި އިއްތިފާގުން އޭނާގެ ނަމުގެ މާނަ އަކީ ވެސް ޢަރަބި މުސްލިމެއް ކަމެވެ. އިސްލާމްދީން ޤަބޫލު ކުރުމުގެ ކުރިން އޭނާއަކީ ނަޞާރާ ދީނުގެ ކަންތައްތައް ވަރަށް ބަލާ އެދީނަށް ވަރަށް ބޮޑަށް އުޅުނު މީހެކެވެ. ނަމަވެސް އެހެން އުޅުމުގެ ތެރޭގައި އަބަދުވެސް އޭނާއަށް ހީވަމުން ދިޔައީ ކޮންމެވެސް ކަމެއް އެބަ މަދުވެޔޭ އަދި ކޮންމެވެސް ކަންތައްތަކެއް އެދީނުގައި ހަމަ ނުޖެހޭ ކަމެވެ.

ލަންޑަން ގައި ސިވިލް ސަރވަންޓެއްގެ ގޮތުގައި މަސައްކަތް ކުރި އިރު އެތަނުން ދިމާވި އަންހެނަކާއި އޭނާ ކައިވެނި ކުރިއެވެ. އޭނާގެ އަންހެނުންނަކީ މުސްލިމް އާއިލާ އަކަށް އުފަން ކުއްޖެއް ކަމުގައި ވިޔަސް ދީނުގެ އެއްވެސް އަޅުކަމެއް އޭނާގެ އަންހެނުން ނުކުރެއެވެ. އެހެން ކަމުން މުސްލިމް އަންހެނަކަށް މުސްލިމް ނޫން ފިރިހެނަކާއި ކައިވެނި ނުކުރެވޭނެ ކަމުގެ ޢިލްމެއް ވެސް ގެންޓްގެ އަނބިމީހާ އަށް ލިބިފައެއް ނުވެއެވެ.

އެދެމީހުން އެކުއެކީގައި ވަރަށް ގިނަ ދުވަހު އުޅުނު އިރުވެސް ގެންޓް އަށް އިސްލާމްދީނާއި ބެހޭ ގޮތުން އެއްވެސް ވަރަކަށް ޢިލްމެއް ލިބިފައެއް ނުވެއެވެ. ނަމާދާއި ބެހޭ ގޮތުންނާއި ރޯދަ ހިފުމާއި ބެހޭ ގޮތުންވެސް އަދި އަހަރުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަޞައްލަމް އާއި ބެހޭ ގޮތުންވެސް އެއްވެސް ވަރަކަށް އެނގިފައެއް ނުވެއެވެ.

އޭނާގެ ފިރިހެން ދަރިފުޅަށް އިސްލާމްދީނާއި ބެހޭ ގޮތުން ކޮންމެވެސް ވަރެއްގެ މަޢުލޫމާތެއް ދިނުމަށްޓަކައި ގެންޓް ދަރުހަކަށް އެއްދުވަހު ދިޔައެވެ.

އެތަނުން އޭނާ އަށް އިސްލާމް ދީނާއި ބެހޭ ގޮތުން ވަރަށް ގިނަ މަޢުލޫމާތުތަށް ލިބުނެވެ. އޮޅުން އަރާފަ ހުރި ވަރަށް ގިނަ ކަންތައްތަކެއްވެސް ސާފުވެ އެހުރިހާ ކަމަކަށް އޭނާ ވަރަށް ބޮޑަށް ޝަޢުޤުވެރިވިއެވެ. ގެއަށް ގޮސް އަނބިމީހާ އަށް އެވާހަކަތަށް ކިޔާ ދިނެވެ. އޭނާއަށް އެނގިފައިވާ ހުރިހާ މަޢުލޫމާތު ތަކެއް ކިޔާ ދިނުމުން އޭނާގެ އަނބިމީހާގެ ބަލިކަށި ވެފައިވާ އީމާންތެރިކަން ވެސް ވަރުގަދަ ވާން ފެށިއެވެ. އަދި ދެމީހުން އެކުގައި އިސްލާމް ދީން އިތުރަށް އުނގެނެން ނިންމިއެވެ. މާގިނަ ދުވަހެއް ނުވެ އެއްކައުވަންތަ އިލާޙަށް އީމާންވެ އަޅުކަން ކުރަން އެދެމީހުން ވެސް ފެށިއެވެ. އަދި އޭނާގެ ނަންވެސް ސުފްޔާން އަށް ބަދަލު ކުރިއެވެ.


"ހައްޤު ވެގެންވާ ތެދު މަގު ލިބި އެއްކައުވަންތަ އިލާޙަށް ތަބާވެވުމުން ހީވީ ލޯމަތީގައި އެހުރިހާ ދުވަހު އެޅިފައިވާ ފަރުދާއެއް ކެހުންހެން. ކުރިން އޮޅުން އަރާފައިވާ ހުރިހާ ކަމެއްވެސް އެންމެ ފުރިހަމަ ގޮތުގައި އަހަންނަށް ސާފު ވެގެން ދިޔަ" އޭނާގެ ދިރިއުޅުން ބަދަލުވި ގޮތް ހުލާސާ ކޮއްލާފައި ސުފްޔާން ކިޔާދިނެވެ.
މިއަދު އޮންލައިން