ބެންފީކާ އަތުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް !

ކިޔުމަށް ހޭދަވާނީ 1މ 15ސ
ބެންފީކާ އަތުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް !

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕޯޗުގަލްގެ ބެންފީކާއާ ބައްދަލުކުރި މެޗު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗުން ބެންފީކާގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދާފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.

ބެންފީކާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު މިހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސްވަނީލިބިގެންގޮސްފައެވެ.

އެގޮތުންއެންމެހުސް ފުރުސަތެއް ލިބުނީ ބެންފީކާގެ ސަލްވިޔޯއަށެވެ. އޭނާ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާތެރޭހުރެފޮނުވާލިމިހަމަލާވަނީގޯލާއަމާޒުވާގޮތް ނުވެފައެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ދެވަނަ ހާފްގައި ޔުނައިޓެޑުން ދިޔައީ އިތުރަށް ކުޅުން ވަރުގަދަކޮށް ބެންފީކާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.. އެގޮތުން މެޗުގެ 64 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން މާކަސް ރަޝްފޯޑް ވަނީ ލަނޑުޖަހާޔުނައިޓެޑަށްމެޗުގެލީޑުނަގާދީފައެވެ.

ރޭގެ މެޗުގެ ފަހު މިނެޓްގައި ބެންފީކާގެ ލުއިސާޔޯއަށް ދެއްކި ރަތްކާޑު އެކުމިމެޗުއެޓީމުންއިންނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

ރޭގެ މޮޅާއެކު ޔުނައިޓެޑް އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ލިބުނު ނުވަޕޮއިންޓާއެކުގްރޫޕްއޭގެއެއްވަނައިގައެވެ. މިގްރޫޕްގެދެވަނައިގައި ހަޕޮއިންޓާއެކު އޮތީ ބާސެލްއެވެ.
ތިންވަނައިގައި ތިން ޕޮއިންޓާއެކު ސީއެސްކޭއޭމޮސްކޯއޮތްއިރުގްރޫޕްގެފުލުގައިޕޮއިންޓެއްނުލިބިއޮތީ ބެންފީކާއެވެ.

ޔުނައިޓެޑް ރޭ މޮޅުވިއިރު މި ގްރޫޕްގައި ރޭ ބާސެލް އިން ވަނީ ސީއެސްކޭއޭ މޮސްކޯގެ މައްޗަށް 0-2 އިން ކުރި ހޯދާފައެވެ.

މިއަދު އޮންލައިން