އިންތިގާލީ ކެންޑިޑޭޓެއް ނެރުމަށް ރައީސް ނަޝީދު ގޮވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
އިންތިގާލީ ކެންޑިޑޭޓެއް ނެރުމަށް ރައީސް ނަޝީދު ގޮވާލައިފި
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް، އިދިކޮޅު ފަރާތްތަކުން އެއްބަސްވާ އެއް ކެންޑިޑޭޓެއް ނެރެން ޖެހިފައިވާ ކަމަށާއި އެމީހަކު ވާން ޖެހޭނީ "އިންތިގާލީ ވެރިއަކަށް" ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ޤައުމީ މަޖިލީހުގެ މެންބަރުންނަށް ރައީސް ނަޝީދު މިއަދު ފޮނުއްވެވި އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ 2018 އަހަރުގެ ރިޔާސީ އިންތިހާބުގައި އިންތިގާލީ ވެރިއެއް ހޮވަންޖެހެނީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށާއި ވެރިކަމުގެ ނިޒާމު އިސްލާހު ކުރުމަށް ކަމަށެވެ.

"2018 ވަނަ އަހަރު ދިވެހި ރާއްޖެއަށް އިންތިހާބުވާން ޖެހޭނީ އިންތިގާލީ ވެރިއެއް. އެވެރިމީހާގެ މަސައްކަތަކަށް ވާންޖެހޭނީ އިންތިގާލީ މަރުހަލާއެއްގައި އިންތިގާލީ މުއްދަތެއްގައި ކުރާން ހުރި މަސައްކަތްތައް. ޚާއްސަ ގޮތެއްގައި ޖުޑީޝަރީ އިސްލާހު ކުރުން. ވެރިކަމުގެ ކަންކަން އިސްލާހު ކުރުން" ރައީސް ނަޝީދުގެ އޯޑިއޯ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އިންތިގާލީ ވެރިއަކު އިންތިހާބު ކުރުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށާއި ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަކޮށް، ޔަގީންކަމާއެކު އިންތިހާބުން މޮޅުވާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.
މިއަދު އޮންލައިން