ގޯލްޑެން ބޯއި އެވޯޑް ޕީއެސްޖީގެ އެމްބާޕޭ އަށް !

ކިޔުމަށް ހޭދަވާނީ 1މ 22ސ
ގޯލްޑެން ބޯއި އެވޯޑް ޕީއެސްޖީގެ އެމްބާޕޭ އަށް !
ޔޫރަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާ ނުވަތަ ޔޫރަޕިއަން "ގޯލްޑެން ބޯއިއެވޯޑު" ޕީއެސްޖީއަށްކުޅެމުންއަންނަފްރާންސްގެފޯވާޑްކިލިއަން އެމްބާޕޭއަށްލިބިއްޖެއެވެ.

އުމުރުން 18 އަހަރުގެ އެމްބާޕޭ މި އެވޯޑު ހޯދީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑާއި ބާސެލޯނާއަށް ކުޅެމުންއަންނަ އޮސްމާނޭ ޑެމްބެލޭއާ ވާދަކޮށެވެ.

އެގޮތުން އެމްބަޕޭއަށް މި އެވޯޑް ލިބުނުއިރު، ދެވަނަ ލިބުނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ޑެމްބެލޭ އެވެ. އަދި ތިންވަނަ ލިބުނީ މެންޗެސްޓަރޔުނައިޓެޑަށްކުޅެމުންއަންނަމާކަސްރަޝްފޯޑްއެވެ.

އެމްބާޕޭ މިދިޔަ ސީޒަނުގައި ކުޅުނީ މޮނާކޯ އަށް ކަމަށްވާއިރު އޭނާ ވަނީ އެކްލަބުގައިމޮޅުކުޅުމެއްދައްކާފައެވެ. އެގޮތުންމޮނާކޯއަށްމިދިޔަ ސީޒަނުގެފްރެންޗްލީގު ކާމިޔާބުކޮށްދިނުމުގައި އެމްބާޕޭގެ ދައުރު ބޮޑުއިރު އެކްލަބުޗެމްޕިއަންސްލީގުގެސެމީފައިނަލަށްގެންގޮސްދިނުމުގައިވެސް އެމްބާޕޭވަނީމުހިއްމުރޯލެއްއަދާކޮށްފައެވެ.

އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ ލޯނެއްގެ ދަށުން ކަމުގައިވީނަމަވެސް، މި ސީޒަން ނިމުމުން 166 މިލިއަން ޕައުންޑްގެ އަގަކަށް އޭނާގަތުމަށްޕީއެސްޖީންމިހާރުވަނީނިންމާފައެވެ.
ގޯލްޑެން ބޯއި އެވޯޑަކީ 2003 ވަނަ އަހަރުން ފެށިގެން އިޓަލީގެ ކުޅިވަރު ނޫހެއްކަމަށްވާ "ޓޫޓޯސްޕޯޓް" އިންދެމުންއަންނައެވޯޑެކެވެ. މިއެ އެވޯޑުދެނީއެނޫހުގައިމަސައްކަތް ކުރާ ނޫސްވެރިންނާއި ޔޫރަޕްގެ އިތުރު 11 ނޫހެއްގައި މަސައްކަތް ކުރާ ނޫސްވެރިންގެ ވޯޓުންނެވެ.

މި އެވޯޑު މީގެކުރިން ހޯދާފައިވާ ކުޅުންތެރިންގެ ތެރޭގައި ލިއޮނަލް މެސީ އާއިނޭމާއާއިއެޑިންސަންކަވާނީއާއިވޭންރޫނީއަދިޕޯލްޕޮގްބާ ފާހަގަކޮށްލެވެއެވެ. މިއެވޯޑް 2016 ވަނަ އަހަރު ހޯދާފައިވަނީ ޕޯޗުގަލްދެ ރެނާޓޯ ސަންޗޭސް އެވެ.

މިއަދު އޮންލައިން