ތޯމަސް މުލާ އަށް އަނިޔާވެ، ތިން ހަފްތާއަށް ކުޅުމާ ދުރަށް
ޖަރުމަނުގެ ބަޔާން މިޔުނިކަށް ކުޅެމުންއަންނަ ހުނަރުވެރި ފޯވާޑް ތޯމަސް މުލާ އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ، ތިން ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.
މުލާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ ޖަރުމަނު ލީގުގައި އެންމެފަހުންހެމްބާގްއާދެކޮޅަށް ކުޅެ 0-1 އިންބަޔާންމޮޅުވި މެޗުގައެވެ.
މި އަނިޔާއާ ގުޅިގެން މުލާ ތިން ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާއިރު،އޭނާމިވަގުތުހުރީރަނގަޅުފޯމެއްގައެވެ. އެގޮތުންއެޓީމުގެކޯޗުކަމާ ހެއިންކެސްހަވާލުވެކުޅުނުތިންމެޗުގައިވެސްމުލާވަނީ މޮޅުކުޅުމެއް ދައްކާފައެވެ.
މި އަނިޔާއާ ގުޅިގެން މުހިންމު ގިނަ މެޗުތަކެއް މުލާއަށް ގެއްލިގެންދާއިރު، އޭގެތެރޭގައި ޖަރުމަނު ކަޕް އަދި ޖަރުމަނު ލީގުގައި ރެޑްބުލް ލީޕްޒެގްއާއިބްރޫޝިއާޑޯޓްމަންޑްއަދިޗެމްޕިއަންސްލީގުގައިސެލްޓިކާއި ދެކޮޅަށްބަޔާން ކުޅޭ މެޗު ހިމެނެއެވެ. މުލާގެ އިތުރުން ފްރޭންކްރިބެރީއަދިމެޓްސްހުމެލްސްއަށްވެސްވަނީއަނިޔާގެމައްސަލަކުރިމަތިވެފައެވެ.
ޖަރުމަނު ލީގުގައި ބަޔާން މިވަގުތު އޮތީ 20 ޕޮއިންޓާއެކުލީގުގެދެވަނައިގައެވެ. އެއްވަނައިގައިއޮތްޑޯޓްމަންޑަށް ވެސްހަމައެއަދަދަށް ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެތަފާތުންނެވެ.