އެއްވެސް ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވަދެވޭ 70،000 މީހުންގެ ތެރެއިން ވުމަށް އެދޭނަމަ ކަންކުރަންވީ ގޮތް ތަފްޞީލްކޮށް ބަޔާންކޮށްދެވިދާނެތޯއެވެ؟
ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައެއް ޙަދީޘް ތަކުގައި މީސްތަކުން ތިންބަޔަކަށް ބައްސަވާފައިވެއެވެ. އޭގެތެރެއިން ޙިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވަދެވޭ ބަޔެއްގެ ގޮތުގައި ޞިފަ ކުރައްވާފައިވަނީ ހެޔޮކަންތައް ކުރުމުގައި ކުރިއަރާދާ މީހުންނެވެ.
عَنْ أَبِي الدَّرْدَاءِ رضي الله عنه قَالَ : سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ : ( قَالَ اللهُ عَزَّ وَجَلَّ : ( ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا فَمِنْهُمْ ظَالِمٌ لِنَفْسِهِ وَمِنْهُمْ مُقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللهِ ) فاطر/32، فَأَمَّا الَّذِينَ سَبَقُوا بِالْخَيْرَاتِ فَأُولَئِكَ الَّذِينَ يَدْخُلُونَ الْجَنَّةَ بِغَيْرِ حِسَابٍ ، وَأَمَّا الَّذِينَ اقْتَصَدُوا فَأُولَئِكَ يُحَاسَبُونَ حِسَابًا يَسِيرًا ، وَأَمَّا الَّذِينَ ظَلَمُوا أَنْفُسَهُمْ فَأُولَئِكَ الَّذِينَ يُحَاسَبُونَ فِي طُولِ الْمَحْشَر ، ثُمَّ هُمُ الَّذِينَ تَلَافَاهُمُ اللهُ بِرَحْمَتِهِ ، فَهُمُ الَّذِينَ يَقُولُونَ : ( الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ) فاطر/34، إِلَى قَوْلِهِ : ( لُغُوبٌ ) فاطر/35)
މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ އެއްސެވީމެވެ.
މާތް ﷲ ވަޙީ ކުރެއްވި އެވެ. (ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا فَمِنْهُمْ ظَالِمٌ لِنَفْسِهِ وَمِنْهُمْ مُقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللهِ ) ސޫރަތު ފާޠިރު 32، ޙިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވަދެވޭނެ ބަޔަކީ ހެޔޮކަންތައް ކުރުމުގައި ކުރިއަރާ ދިޔަ މީހުންނެވެ. ހެޔޮކަންތައް ކުރުމުގައި މެދުމިން އިޚްތިޔާރު ކުރި މީހުންނަށް ލުއިވެގެންވާ ޙިސާބަކުން ޙިސާބު ބެއްލެވޭނެއެވެ. އެބައިމީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވީ މީހުންނަށް މުޅި މަޙްޝަރުގެ މައިދާނުގައި ޙިސާބު ބެއްލެވޭނެއެވެ. ﷲ ގެ ރަޙްމަތުން ސަލާމަތްވާ މީހުންނަކީ އެއީ އެވެ.
އެބައިމީހުން ބުނާނެއެވެ. (الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ) ސޫރަތު ފާޠިރު 34. މާނައަކީ: "حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، ތިމަންމެންގެ ކިބައިން ހިތާމަތައް ފިއްލެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ."
ވީމާ، ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަދެވޭ މީހުންގެ ތެރޭގައިވާން ބޭނުންމަ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް، ފާފަ އެއް ކުރެވުމާއި އެކު ލަސްނުކޮށް އެކަމަކަށް ތައުބާވާންވީއެވެ. އޭރުން އިންޝާ ﷲ އެދަރަޖަ ލިބޭނެއެވެ. މާތް ﷲ އަޅުގަޑުމެން އެންމެންނަކީ ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަދެވޭ މީހުންގެ ތެރެއިން ލައްވާށިއެވެ. އާމީން. والله أعلم.
ޖަވާބު ދެއްވީ : ފަޟީލަތުއްޝައިޚް އާދަމް ޝަމީމް އިބްރާހީމް
(މިއީ އިސްލާމްކިއުއޭއިން ނަގާފައިވާ މައުޟޫމާތު ކޮޅެއް)