ލެސްޓަރ ސިޓީގެ ކޯޗުކަމަށް ޕުއެލް!

ކިޔުމަށް ހޭދަވާނީ 1މ 3ސ
ލެސްޓަރ ސިޓީގެ ކޯޗުކަމަށް ޕުއެލް!
ޢަބްދުލްޙާއްނާނު

އިނގިރޭސި ކުލަބު ލެސްޓަ ސިޓީގެ ކޯޗު ކަމުގެ މަގާމަށް ކްލައުޑިއޯ ޕުއެލް ހަމަޖައްސައިފިއެވެ.

ކުރިން ސައުތްހެމްޓަން އަދި ނީސް އަށް ވެސް ކޯޗުކޮށްދިން ޕުއެލް ލެސްޓާގެ ކޯޗުކަމާހަވާލުވީތިންއަހަރުދުވަހުގެއެއްބަސްވުމެއްގެދަށުންނެވެ. ލެސްޓާގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމު ހުރި ކްރެއިގް ޝޭކްސްޕިޔާ އެ މަގާމުންވަކިކުރުމާގުޅިގެންނެވެ.

ޕުއެލް އެންމެ ފަހުން ނިމިގެންދިޔަ އަހަރު ކޯޗުކޮށްދީފައިވަނީ ސައުތެމްޕްޓަންއަށެވެ. އެގޮތުން ސައުތެމްޕްޓަންއިން ނިމިގެން ދިޔަ ސީޒަން ނިންމާލާފައިވަނީ 8 ވަނަ މަގާމުގައި އޮވެގެންނެވެ. ނަމަވެސް ޕުއެލް ކުޅުވާ ސްޓައިލަށް ސައުތްހެމްޓަންގެ ސަޕޯޓަރުންގެ ފާޑުކިޔުންއަމާޒުވިއިރު އެ ކްލަބުން ވަނީ މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއޭނާއެމަގާމުންވަކިކޮށްފައެވެ.

ލެސްޓާގެ ކޯޗުކަމާ ހަވާލުވުމަށްފަހު މީޑިއާއާ ވާހަކަދައްކަމުން ޕުއެލް ބުނީ ލެސްޓާ އަށް ކޯޗުކޮށްދޭންފުރުސަތުލިބުމަކީއޭނާއަށްލިބުނުއުފަލެއްކަމަށާއިއެގޮތުންޓީމާއި އެކު މަަސައްކަތްކޮށްއިތުރުކާމިޔާބީތަށްހޯދައިދިނުމަށްމަސައްކަތްކުރާނެ ކަމަށްވެސްޕުއެލްބުންޏެވެ.

ޕުއެލްގެ އިރުޝާދުގެ ދަށުން ލެސްޓާ އިން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީއެވަޓަންއާއެވެ. ޕްރިމިއަރލީގުގައިމިހާތަނަށްނުވަމެޗު ކުޅެނިމުނުއިރު ލެސްޓާ އޮތީ ނުވަ ޕޮއިންޓާއެކު ލީގުގެ 14 ވަނައިގައެވެ.

މިއަދު އޮންލައިން