ޗެލްސީ ކުއާޓާ އިން ޖާގަ ކަށަވަރުކުރިއިރު، ޓޮޓެންހަމް ކަޓައިފި !
އިނގިރޭސި ލީގު ކަޕްގެ ކުއާޓާފައިނަލުން ޗެލްސީ ޖާގަ ކަށަވަރު ކުރިއިރު، ޓޮޓެންހަމް މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގެ ކުއާޓާ އިން ޗެލްސީ ޖާގަ ކަށަވަރުކުރީ އެވަޓަން 1-2 ގެ ނަތީޖާއިން އިން ބަލިކުރުމަށްފަހުގައެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަގޯލްޖަހާލީޑުނެގީވެސްޗެލްސީންނެވެ. މިގޯލުމެޗުގެ 26 ވަނަ މިނެޓްގައިކާމިޔާބުކޮށްދިނީރުޑިގާއެވެ.
މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި ޗެލްސީން ރަނގަޅަށް ކުޅެމުންދިޔައިރު، އެޓީމުން ވަނީ އެވަޓަންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި އެވަޓަންއިންވަނީކުޅުންރަނގަޅުކޮށް ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއްތަނަވަސްކޮށްފައެވެ. އެގޮތުންއެވަޓަންއިންފޮނުވާލި ހަމަލާތަކުގެހުރަހަކަށްވީރޭގެމެޗުގައިމޮޅުކުޅުމެއްޗެލްސީގެކީޕަރު ކަބަލޭރޯއެވެ.
އެވަޓަން އިން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 90 ވަނަ މިނެޓްގައި ވިލިއަން ވަނީ ޗެލްސީގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދީފައެވެ. އެވަޓަންގެ ހަމައެކަނި ގޯލު މެޗުގެފަހުމިނެޓްގައިކާމިޔާބުކޮށްދިނީޑޮމިނިކްކަލްވާޓްލެވިންއެވެ.
މި މުބާރާތުން ޓޮޓެންހަމް ކެޓީ ރޭ ވެސްޓްހަމް ޔުނައިޓެޑާ ބައްދަލުކުރި މެޗުން 2-3 އިންބަލިވުމުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޓޮޓެންހަމް އިން ރަނގަޅަށްކުޅުނުއިރުއެހާފްއެޓީމުންނިންމާލީދެގޯލުގެ ލީޑަކާއެކުއެވެ. މިދެގޯލުޓޮޓެންހަމްއަށްކާމިޔާބުކޮށްދިނީސިސޯކޯއާއި ޑެލެއަލީއެވެ.
ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަޔޫ ވަނީ ގޯލެއް ކާމިޔާބުކޮށް ވެސްޓްހަމް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދިއޭގެފަސްމިނެޓްފަހުންއަޔޫވަނީއިތުރުގޯލެއް ކާމިޔާބުކޮށްމެޗުގެނަތީޖާވެސްއެއްވަރުކޮށްފައެވެ. މިމެޗުންވެސްޓްހަމް މޮޅުވިގޯލުމެޗުގެ 70 ވަނަމިނެޓްގައިކާމިޔާބުކޮށްދިނީ އޮގްބޮނާއެވެ.
ޗެލްސީ އާއި ވެސްޓްހަމް މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރިއިރު ކުއާޓާގައިބައްދަލުކުރާނެޓީމެއްއެނގިގެންދާނީމިއަދުބާއްވާގުރުއަތު ލުމުންނެވެ.