މާތް ﷲ އާއި އަޅަމެންނާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެވިދާނެ ފަސޭހަ ފަސް ގޮތެއް

ކިޔުމަށް ހޭދަވާނީ 2މ 51ސ
މާތް ﷲ އާއި އަޅަމެންނާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެވިދާނެ ފަސޭހަ ފަސް ގޮތެއް
އަޅަމެންގެ ވެރިރަސްކަލާނގެއާއި އަޅަމެންނާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވުމަކީ، ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅުމަށް ވަރަށް މުހިންމު ކަމެކެވެ.

ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޑރ. އަބްދުއްރަޙީމް ގްރީން ބުނެފައިވަނީ، މާތް ﷲ އާއި އެކަލާނގެ އަޅުތަކުންނާއިމެދު އޮންނަ ގުޅުން ވަރުގަދަ ކުރެވޭނެ ވަރަށް ފަސޭހަ ފަސް ގޮތެއް ވާކަމަށެވެ.

• ތިމާއާއި މެދު އިހާނެތިކޮށް ކަންތައް ކުރި މީހުންނަށް މާފުކުރުން

ތިމާއާއިމެދު ގޯސްކޮށް ނުވަތަ އިހާނެތިކޮށް ކަންތައް ކުރި މީހުންނަށް މާފުކުރުމުގެ ކުރިން، އެކަންކަމަށް އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފްސު މާފުކޮށް، އެކަމާއި ހިތްސާފު ކުރުން މުހިންމެވެ. މީހުންނާއި މެދު ނުބައިކޮށް ދެކުމުން ތިމާގެ ހަޔާތް ބަނަވާނެއެވެ. އަދި ބަދަލަށް ބަދަލު ހިފުމަކީ ހަގީގަތުގައި އެއްވެސް ފައިދާއެއް ކުރާ ކަމެއް ނޫން ކަމަށް ޑރ. ގްރީން ގެ ތަގުރީރުގައި ބުނެފައިވެއެވެ. އެހެންކަމުން މީހުންނާއި މެދު ހިތްހެޔޮކޮށް، ކަންކަމަށް މާފުކުރުމާއި މާތް ﷲ އަށް ތަޢުބާވުމުން ލިބޭ ފައިދާ ބޮޑެވެ.

• ތަޢުބާވުން

"އެކަލާނގެ ޙަޟްރަތުގައި އަޅުތަކުންނަށް ކުރެވޭ ފާފަ، އެކަލާނގެ ރަޙުމަތަށްވުރެ ބޮޑެއް ނޫނެވެ."

ކިތަންމެ ބޮޑު ފާފައެއް ކުރެވުނު ކަމުގައިވިޔަސް، އެކަމަށް ހިތުގެ އަޑިން ތަޢުބާވެ އެފަދަކަމެއް ދެން ތަކުރާރު ނުކުރާނެކަމަށް ނިޔަތްގަތުމުން اللهسبحانهوتعالى އެކަމަކަށް ފާފަ ފުއްސަވާދެއްވައެވެ.

• އެކަލާނގެ ދެއްވެވި ނިޢުމަތްތަކަށް ޝުކުރުވެރިވުން

الْحَمْدُلِلَّهِ އަހަރެމެންނަށް އެކަލާނގެ ދެއްވެވި ހުރިހާ ނިޢުމަތްތަކަކަށް ވެސް އަބަދުވެސް ޙަމްދުކުރަން (ޝުކުރު ކުރަން) ވާނެއެވެ. ބައެއްމީހުން ޙަމްދުކުރަނީ ހަމައެކަނި އެމީހުން އެކަލާނގެ ޙަޟްރަތުން އެދޭކަމެއް، ނުވަތަ ވަރަށް ބޭނުންވެފައި ހުރި ކަމެއް ވުމުން އެކަންޏެވެ. ނަމަވެސް އެކަލާނގެ ދެއްވެވި ހުރިހާ ނިޢުމަތްތަކަކަށް ވެސް އަބަދުވެސް ޝުކުރު ކުރަންވާނެއެވެ. ތަންތަން ބަލަން ލޮލާއި، އަޑުއަހަން ކަންފަތާއި، އެކިކަންތައް ކުރަން ދެއަތާއި ހިނގަން ދެފަޔާއި އަދި ކަންކަމާއި ވިސްނަން ސިކުނޑިއާއި ބުއްދި ދެއްވި ފަރާތަކީ ވެސް ހަމަކަށަވަރުން އެކަލާނގެއެވެ. އެެހެންކަމުން އެކަންކަމަކީ ވެސް އަބަދުވެސް ޙަމްދު ކުރަންވީ ކަންކަމެވެ.

• އެކަލާނގެ ޖައްސަވާ ހުރިހާ އިމްތިހާނަކާއި ވެސް ކުރިމަތިލުން:

އެކަލާނގެ އަޅުން އެކި ގޮތްގޮތަށް އެކަލާނގެ އިމްތިހާނު ކުރައްވައެވެ. އެގޮތުން ދިރިއުޅުމުގައި އެކިއެކި ކަންތައްތަކާއި ކުރިމަތިވުމާއި އެފަދަ ކަންކަމުގައި ކެތްތެރިކަން ބަހައްޓާ މިންވަރާއި އެކަލާނގެ ހަނދުމަ ކުރާ މިންވަރު އެކަލާނގެ އިމްތިހާނު ކުރައްވައެވެ. އެއިމްތިހާނުތަކުން ފާސްވާ ފަރާތްތަކަށް އިންޝާ ﷲ ވަރަށް ވެސް އަގުހުރި އިނާމެއް ލިބުން ޔަޤީންވެގެން ވެއެވެ.

• ކީރިތި ޤުރްއާން ކިޔެވުން:
•
ކީރިތި ޤުރްޢާން އަކީ މާތް ﷲ ގެ ވަޙީ ބަސްފުޅެވެ. މާތް ނަބިއްޔާ މުޙައްމަދު صلّىاللهعليهوسلّم މެދުވެރިކޮށް އެފޮތް ބާވާލެއްވުނީ މީސްތަކުންނަށް ހުރެ ތެދުމަގެއް ކަމުގައާއި ޙައްޤާއި ބާތިލް ވަކި ކޮށްދިނުމަށެވެ. ކީރިތި ޤުރްއާން ގެ އެންމެ އާޔަތެއް ކިޔަވާ މީހާއަށް ވެސް ނުހަނު ގިނަގުނަ ސަވާބު ލިބޭނެކަމަށް އެކަލާނގެ ވަޙީ ބަސްފުޅުންނާއި ރަސޫލާ صلّىاللهعليهوسلّمގެ ޙަދީޘްފުޅުތަކުން ހާމަވެގެންދެއެވެ.
މިއަދު އޮންލައިން