ކްރިސްޓިއަނުން މިއަދު ބުނަމުން ގެންދަނީ އެމީހުން ގެންގުޅޭ ބައިބަލްގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ނަންފުޅު ނެތް ކަމަށެވެ.
ނަމަވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ނަންފުޅު ހެބްރޫ ބަހުން ލިޔެފައިވާ އިންޖީލުގައި ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.
އެކަމުގެ ސާބިތު ހެކި ފެންނަން ހުރި ނަމަވެސް އެކަން ޤަބޫލުކުރަން ބޭނުންނުވަނީ ކްރިސްޓިއަނުން މިއަދު ގެންގުޅޭ ބައިބަލަކީ ބާޠިލު އެއްޗެއްކަން ސާބިތުވާނެތީ އެކަމުގެ ބިރަށެވެ.
އިންޖީލު ކަމަށް ބެލެވޭ ހިބްރޫ ބަހުން ލިޔެފައިވާ ފޮތުގައި "މުޙައްމަދު" ލިޔެފައިވާކަން ސާބިތުވަނީ ހަމަ ކާފަރުންގެ ހޯދުންތަކުންނެވެ. ހިބްރޫ ބަސް ދަންނަ މީހުން މިއަދު ކިތަންމެ މަދު ނަމަވެސް ހިބްރޫ ބަސް އިނގިރޭސި ބަހަށް ފަސޭހަކަމާއިއެކު ތަރުޖަމާކުރެވޭ ޓެކްނޮލޮޖީގެ ބޭނުންކޮށްފިނަމަ ކޮންމެ މީހަކަށްވެސް އެކަން ޔަޤީންކުރެވޭނެއެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢޥ)ގެ ނަންފުޅު އެފޮތުގައި ލިޔެފައި އޮތީވެސް "މުޙައްމަދު" ގެ ގޮތުގައެވެ. މޮހްމެޑް އެއް ނޫނެވެ. މޮހްމެޑް އަކީވެސް މި ހަޤީޤަތް އޮޅުވައިލުމަށްޓަކައި އުފައްދައިގެން އުޅޭ ނަމެކެވެ.
ޚަބަރުގައިވާ ވީޑިއޯ އިން މިކަން ވަރަށް ރަނގަޅަށް ސާފުވެއެވެ.
ގުޅުންހުރި ވީޑިއޯ: