ޕީޕީއެމުން މާފަންނުގަ ފިޔާތޮށި ޖަގަހަ ހުޅުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޕީޕީއެމުން މާފަންނުގަ ފިޔާތޮށި ޖަގަހަ ހުޅުވައިފި
ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފިޔާތޮށި ޖަގަހައިގެ ނަމުގައި ޖަގަހައެއް ހުޅުވައިފިއެވެ. މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޝީ ބިލްޑިންގ ކައިރީގައި ޤާއިމުކުރި މި ޖަގަހަ ހުޅުއްވައި ދެއްވީ ޕީޕީއެމްގެ މުޝްތަޝާރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އެވެ.

ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ މި ޖަަހައިގެ ބޭނުމަކީވެސް ރާއްޖޭގައި ހިނގަމުންދާ ކަންކަމުގެ ހަޤީޤަތް ރައްޔިތުންނަށް އަންގައިދީ ހޭލުންތެރިކުރުވުން ކަމަށެވެ.



ރައީސް ޔާމީން ވިދާޅުވީ 2008 ވަނަ އަހަރު ބަދަލަކަށް ބޭނުންވެގެން ގެނައި ބަދަލުން ޤައުމަށް ލިބިގެންދިއައީ ބޮޑެތި ގެއްލުންތައް ކަމަށެވެ. ހިނގައި ދިއައީ ރައްޔިތުން ބޭނުން ނުވާ ކަންތައްތައް ކަމަށެވެ. ދިވެހިންގެ އެންމެ ބޮޑު ފަޚުރު ކަމުގައިވާ އިސްލާމް ދީނަށް ވެސް ލިބިގެންދިއައީ އުނިކަން ކަމަށެވެ.



ރައީސް ޔާމީން ވިދާޅުވީ މިއީ މިކަންކަމުގެ ވާހަކަތައް ދައްކައި ހަޤީޤަތް ރައްޔިތުންނަށް އަންގައިދޭންވީ ވަގުތު ކަމަށެވެ. އަދި މި ޖަގަހައަކީވެސް އެފަދަ މަސައްކަތްތަކަށް ހުޅުވި ޖަގަހައެއް ކަމަށެވެ.

ޖަގަހައިގެ ކަންކަން ބަލަހައްޓަވާ އިސް ބޭފުޅަކީ ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރޭގެ ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ 40 މުވައްޒިފަކު ޕީޕީއެމް އާއި ގުޅި ފޯމްތައް ވަނީ ރައީސް ޔާމީން އާއި ހަވާލުކޮށްފައެވެ.
މިއަދު އޮންލައިން