ސިވިލް ކޯޓުގެ ކުރީގެ ގާޟީ އައިޝާ ޝުޖޫން މުހައްމަދަށް ރިޝްވަތު ހުށަހެޅުއްވިކަމަށް ބުނާ މައްސަލައިގާ ކޮރަޕްޝަން ހިމެނޭކަން ފާހަގަނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
ގާޟީ ސުޖޫން ބެއްލެވި މައްސަލައެއް ވަކި ގޮތަކަށްނިންމައި ދިނުމަށް އެދި މީހަކު ފަސް މިލިއަން ޑޮލަރު(77 މިލިއަން ރުފިޔާ)ހުށަހެޅި ކަމަށާއި އެހުށަހެޅުމަށް އޭނާ ދެކޮޅު ހައްދަވައި، ކޯފާ އިސް ކުރެއްވުމުން އެ މީހާދިޔައީ ކަމަށް ސުޖޫން ވިދާޅުވެފައިވަނީ ހޭޔަންބޯގެ ޕްރޮގްރާމެއްގައި 2014 ވަނައަހަރު ވާހަކަ ދައްކަވަމުންނެވެ.
އެހެންނަމަވެސް އެ ހުށަހެޅުން ހުށަހެޅީ ކާކުކަމެއް ސުޖޫން ވިދާޅެއް ނުވެއެވެ.
އެ މައްސަލަ ބަލާފައިވަނީ އޭސީސީއިން އިސް ނަގައިގެންނެވެ. އަދި މިދިޔަ ޖުލައި މަހު އެ ކޮމިޝަނުން ނިންމާފައިވަނީ އެމައްސަލަ ކުރިއަށް ގެންދަން ބޭނުންވާ މަޢުލޫމާތު ނުލިބޭ ކަމަށާއިމިހާތަނަށް ލިބުނު މަޢުލޫމާތުތަކަށް ބަލާއިރު އެކަމުގައި ކޮރަޕްޝަންގެޢަމަލެއް ހިމެނޭ ކަން ފާހަގަ ނުކުރެވޭ ކަމަށެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެގާނޫނު ބުނާގޮތުން ފަނޑިޔާރަކަށް ރިޝްވަތު ހުށަހެޅުމަކީ ގިނަވެގެން 10އަހަރަށް އަރުވާލުމަށް ނުވަތަ ޖަލަށްލުމަށް ހުކުމް ކުރެވޭ ކަމެކެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށްއައްޔަންކުރެއްވި ދެ އަންހެންބޭފުޅުންގެ ތެރޭގައި ހިމެނޭ ގާޟީ ސުޖޫން އަކީ މަދަނީބޮޑެތި މައްސަލަތަކެއް ބެއްލެވި ގާޟީއެކެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ 2015 ވަނަ އަހަރުއެވެ.