ރައީސް ޔާމީނުގެ އެކައުންޓަށް 1 މިލިއަން ޑޮލަރު އަމިއްލަ ކުންފުންޏަކުން ޖަމާކުރީ ކޮމްޕެނީ ސެކެޓްރީ: އޭސީސީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރައީސް ޔާމީނުގެ އެކައުންޓަށް 1 މިލިއަން ޑޮލަރު އަމިއްލަ ކުންފުންޏަކުން ޖަމާކުރީ ކޮމްޕެނީ ސެކެޓްރީ: އޭސީސީ
މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮންނަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނުގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން 1 މިލިއަން ޑޮލަރު ޖަމާކުރީ އެކަންކުރި ކުންފުނީގެ ކޮމްޕެނީ ސެކެޓްރީ ކަމަށް އޭސީސީ އިން ބުނެފިއެވެ.

އޭސީސީ އިން ބުނީ މިފައިސާ ޖަމާކޮށްފައިވަނީ 2015 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހާއި 15 ވަނަ ދުވަހު ކޮންމެ ދުވަހަކު 500،000 ޑޮލަރު ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި އަދި ކުރީގެ ނައިބް ރައީސް އާއި އެކޮމިޝަނުން ސުވާލުކޮށްފައިވާ ކަމަށެވެ.

އޭސީސީ އިން ނެރުނު އޮގަސްޓްމަހުގެ ރިޕޯޓުގެ 74 ވަނަ ނަމްބަރުގައި ބުނެފައިވަނީ ފައިސާ ޖަމާކުރި ކުންފުންޏަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް މިނިސްޓްރީން ދޫކުރި ރަށްތަކާއި ފަޅުތައް ދޫކޮށްގެން އެމްއެމްޕީއާރުސީއަށް ލިބިފައިވާ ގިނަ އަދަދެއްގެ ފައިސާގެ ޗެކުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާގެ ޗެކުތައް ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ ކުންފުންޏެއް ކަމާއި މިކަމާއި ގުޅިގެން އެފަރާތް (ކޮމްޕެނީ ސެކެޓްރީ) އާއި ކުންފުނީގެ ހިއްސާދާރުން ތަޙްޤީޤަށް ހާޒިރުކުރުމަށް ކުރި މަސައްކަތުން ހާޒިރުކުރެވިފައި ނުވާތީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެފަރާތްތަކުގެ މައްޗަށް ރެޑް ނޯޓިސް ނެރެފައިވީނަމަވެސް މިހައިތަނަށް އެފަރާތްތައް ރާއްޖެއަށް ގެނެވިފައި ނުވާތީ އެފަރާތްތަކުގެ ބަހެއް ތަޙްޤީޤަށް ހޯދިފައި ނުވާތީ މިމައްސަލައިގެ ތަޙްޤީޤް އިތުރަށް ފުރިހަމަކުރެވޭނީ އެފަރާތްތައް ތަޙްޤީޤަށް ހާޒިރުކުރެވި އެފަރާތްތަކުގެ ބަސް ހޯދައިގެން ކަމަށްވާތީ އެފަރާތްތައް ހާޒިރުކުރެވެންދެން މައްސަލަ ފައިލްކުރަން ނިންމީ ކަމަށެވެ.

އޭސީސީގެ މިއަހަރުގެ އޮގަސްޓްމަހުގެ ރިޕޯޓް
މިއަދު އޮންލައިން