ހިނިތުންވުމަކީ ސުންނަތެއް- މައްސަލަތައް މަތިން ހަނދާންނެތި މާޔޫސްކަން ފިލާކަމެއް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ހިނިތުންވުމަކީ ސުންނަތެއް- މައްސަލަތައް މަތިން ހަނދާންނެތި މާޔޫސްކަން ފިލާކަމެއް: މުފްތީ މެންކް

ހިނިތުންވުމަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތެކެވެ. ގިނަގިނައިން ހިނިތުންވާށެވެ. ހިނިތުންވުމަކީ ތިބާއަށް ކުރިމަތިވެފައިވާ މައްސަލަތައް މަތިން ހަނދާން ނެތިގެންދާނެ ކަމަކެވެ. އަދި މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް ޝިފާއެކެވެ.

ކޮންމެ މީހަކީވެސް މައްސަލަތައް ހުންނާނެ މީހެކެވެ. ައްސަލައެއް ނެތް ހަމައެކަކުވެސް ނުހުންނާނެއެވެ. އެންމެ ބޮޑެތި މުއްސަނދިންގެ ވެސް މައްސަލަތައް ހުންނާނެއެވެ. މައްސަލަތަކުން ސަލާމަތްވެގެން ހިނިތުންވާން ހުންނަ މީހަކަށް ދުވަހަކުވެސް އެ ފުރުޞަތެއް ނުލިބޭނެއެވެ.

ގިނަގިނައިން ހިނިތުންވާށެވެ. އެކަމުން ތިބާއަށް ހިތްހަމަޖެހުން ލިބޭނެއެވެ. އުފާވެރިކަންވެސް ލިބޭނެއެވެ. ކަންބޮޑުވުމާއި މާޔޫސްކަން ވެސް ފިލާނެއެވެ. އެކަން ސުންނަތަކަށްވަނީ މިފަދަ އެތައް ގިނަ ފައިދާތަކެއް އެކަމުގައި ހިމެނޭތީއެވެ.
މިއަދު އޮންލައިން