ދުނިޔެ ބަދަލުކޮށްލި މެސެޖަކީ ތައުޙީދުގެ މެސެޖު: ޑރ. ބިލާލް ފިލިޕް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ދުނިޔެ ބަދަލުކޮށްލި މެސެޖަކީ ތައުޙީދުގެ މެސެޖު: ޑރ. ބިލާލް ފިލިޕް
ދުނިޔެ ބަދަލުކޮށްލި މެސެޖަކީ ތައުޙީދުގެ މެސެޖެވެ. އާދަމްގެފާނުން ފެށިގެން ވަޑައިގެންނެވި 124،000 ރަސޫލުބޭކަލުންގެ މެސެޖަކީ ވެސް ހަމަ އެންމެ މެސެޖެކެވެ. އެއީ ތައުޙީދުގެ މެސެޖެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ނޫން އެހެން ހުރިހާ ރަސޫލު ބޭކަލުން މެސެޖް ގެނެސް ދެއްވެވީ އެބޭކަލުން ފޮނުއްވެވުނު ޤައުމުތަކަށެވެ. ނަމަވެސް އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ)ގެ މެސެޖަކީ މުޅި ދުނިޔެއަށް ފޮނުއްވެވުނު މެސެޖެވެ.

އެ މެސެޖެއް ބަދަލެއް ނުވާނެއެވެ. ނުވެސް ކުރެވޭނެއެވެ. އީސާގެފާނުވެސް ވަޑައިގަންނަވާނީ ހަމަ އެ މެސެޖު ހިއްޕަވައިގެންނެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެނެސް ދެއްވި މެސެޖު މުޅި ދުނިޔެއަށް ފެތުރުމަކީ އަހަރެމެންގެ ޒިންމާއެކެވެ. އަހަރެމެންނާއި ހަމައަށް އެ މެސެޖު ވާރުތަވީ ފަދައިންނެވެ. ކީރިތި ޤްރްއާނުން އެންމެ އާޔަތެއް އެނގުނު ނަމަވެސް އެހެން މީހުންނަށް އަންގައި ދިނުމަށް ނުވަތަ ދަސްކޮށް ދިނުމަށް ކައު އިތުރު މާތް ނަބިއްޔާ ވަނީ އުންމަތަށް އަމުރުފުޅު ކުރައްވަވައިފައެވެ. އެހެންވީމާ ކޮންމެ މީހަކަށް ވެސް އެއީ އޮތް ވާޖިބެކެވެ. އެއީ ވަކި ޖަމާއަތަކަށް ނުވަތަ ވަކި މީހަކަށް ކުރަންޖެހޭނެ ކަމެއް ނޫނެވެ. އެންމެންނަށް ވެސް ކުރަންޖެހޭނެ. ކަމެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން