އެއީ އެކަންކަން ވާނެ ގޮތެވެ. އެއްވެސް މުސްލިމަކު އެމިހާގެ އީމާންކަން ބަލިކަށިވުމަކަށް ނުއެދޭނެއެވެ. އީމާންކަން ބަލިކަށިވުމަކީ ނުބައި ފާލެކެވެ. އެގޮތުގައި މަރުވެއްޖެނަމަ އެއީ ބިރުވެރިކަމެކެވެ.
އިސްލާމް ދީނަކީ އީމާންކަން ވަރުގަދަކުރަން ވަރަށް ފަސޭހަ ދީނެކެވެ. ކްރިސްޓިއަން ދީން ފަދައިން ކަލާނގެއަކީ ދަރިކަލަކު ކަމާއި ކަލާނގެ ކަމާއި އޮޅިގެން އުޅޭކަށް ނުޖެހެއެވެ. އިސްލާމް ދީނުގެ ކަލާނގެއަކީ ހަމައެކަނި ﷲ އެވެ. ހުރިހައި ކަންކަން މިންވަރު ކުރައްވަވަނީ އަދި ހުރިހައި ނިއުމަތްތަކެއް ދެއްވަވަނީ މާތް ﷲ އެވެ. ދެވަނަ ފަރާތަކުން ވާގި އެދެންޖެހޭ ހަމަ އެއްވެސް ކަމެއް ނެތެވެ.
ވީއިރު އީމާންކަން ވަރުގަދަ ކުރަން ބޭނުންނަމަ ހަމަ އެކަނި ކުރަން ޖެހޭނެ ކަމަކީ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމާއި ނުބައި އަމަލުތައް ކުރުން ހުއްޓައިލުމެވެ. ހެޔޮ އަމަލުތައް އިތުރުކުރާށެވެ. ޝައިޠާނީ އަމަލުތަކާ ދުރުހެލިވާށެވެ.
އެހެންވީމާ އީމާންކަން ވަރުގަދަކުރަން ކުރަންޖެހެނީ ވަރަށް ފަސޭހައިން ކުރެވެންހުރި ކަންކަމެވެ.
ކޮންމެ ދުވަހަކުވެސް ނިދީން ހޭލުމަށްފަހު އެދުވަހު ކުރާނެ މަސައްކަތްތަކަށް ވިސްނާ ފަދައިން އެދުވަހު ކުރާނެ ހެޔޮ އަމަލުތަކަށް ވިސްނައިލާށެވެ. ދުވަހުގެ ކަންކަން ޕްލޭންކުރާއިރު ކުރާނެ ހެޔޮ އަމަލުތައްވެސް ހިމަނާށެވެ.
ހެޔޮކަމެއް ކުރަން ވިސްނާއިރު ވިސްނަންވީ ހަމައެކަނި ތިމާގެ ނަފްސަށް ފައިދާކުރާނެ ކަންކަމަކަށް ނޫނެވެ. މާތް ﷲ ލޯބިވެވަޑައިގަންނަވާނެ ކޮންމެ ކަމަކީވެސް ހެޔޮ އަމަލެކެވެ.
އަދިވެސް ވިސްނައިލާށެވެ. އެންމެ ހެޔޮ އަމަލުތަކުގެތެރޭގައި ހިމެނޭ ކީރިތި ޤްރްއާން ކިޔެވުމަކީ ހަމައެކަނި ރަމަޟާންމަހު ކުރަން އޮތް ކަމެއް ނޫނެވެ. ޚަޠިމްކުރަންވީ ހަމައެކަނި ރަމަޟާން މަހަކު ނޫނެވެ. އެއީ އަބަދުވެސް ކުރަން އޮތް ހެޔޮކަންބޮޑު ކަމެކެވެ.
ކީރިތި ޤްރްއާނުގައިވާ ކޮންމެ "ވާހަކަ"އަކީ މާތްﷲ މީސްތަކުންނާއި މުޚާޠަބު ކުރައްވަވާފައިވާ ކުރެއްވެވުމެކެވެ. އެވާހަތައް ކިޔަން ޝައުޤުވެރިވާށެވެ. "ކީރިތި ޤްރްއާން ކިޔެވުމުން ބޭނުންވާ މަގު ފެނިގެންދާނެއެވެ. ކިޔެވުން ގިނަކުރި ވަރަކަށް އިތުރު މަގުތައް ފެނިގެންދާނެއެވެ. ހުދައްލިލް މުއްތަޤީން"
ޑރ. ބިލާލް ފިލިޕްގެ ދަރުސަކުން
ގުޅުންހުރި ވީޑިއޯ: