އުމުރުން 25 އަހަރާއި 15 އަހަރާއި ދެމެދުގެ ޒުވާން ކުދިންނަށް ބެލި ނަމަވެސް 25 އިންސައްތަ ކުދިންނަށް ވަނީ ޑިޕްރެސަން ބަލި ޖެހިފައެވެ. 3 އަހަރު ތެރޭ 300 އިންސައްތައަށް ބަލި އިތުރުވެއްޖެއެވެ.
އިންސާނުންނަކީ ކިތަންމެ ގިނަ ނިއުމަތްތަކެއް މާތް ﷲ ދެއްވެވި ނަމަވެސް ހިތް ފުރޭ ބައެއް ނޫނެވެ. އެންމެ ބޮޑެތި މުއްސަނދިންވެސް އުޅެނީ ހިތް ނުފުރިގެންނެވެ. އެންމެންވެސް އުޅެނީ ހިތް ނުފުރިގެންނެވެ. ވީއިރު ހައްލަކީ ކޮބައިހެއްޔެވެ؟
ހައްލު ފެންނަން އޮތީ ބޭހުގައެއް ނޫނެވެ. ޙައްލު ފެންނަން އޮތީ އިސްލާމް ދީނުންނެވެ. ކީރިތި ޤްރްއާނުންނެވެ. ތިމާ އާއި ހުރިހާ ގޮތަކުންވެސް އެންމެ ގާތުގައިވަނީ އަދި ތިމާގެ އެންމެ ބޮޑު ބައިވެރިއަކީ މާތް ﷲ ކަން އަބަދުވެސް ޔަޤީންކޮށް ވަކީލުކޮށްގެން ހުންނާށެވެ. އީމާންކަން ވަރުގަދަ ކުރާށެވެ. އީމާންކަން ބަލިކަށިވިއަ ނުދޭށެވެ.
އެގޮތަށް ހުންނަ މީހަކަށްވެސް ބައްޔެއް ނުޖެހޭނެ ކަމަށް ބުނަނީއެއް ނޫނެވެ. ކޮންމެ މީހަކަށް ނަމަވެސް ބައްޔެއް ޖެހިދާނެއެވެ. އެއީ މީސްތަކުން އިމްތިހާން ކުރެއްވެވުމަށްޓަކައެވެ. ނަމަވެސް ޔަޤީން ކުރާށެވެ. މާތް ﷲ އަށް ވަކީލުކޮށްގެން މާތް ﷲ އެންގެވިމަގުގައި ސާބިތުވެ ހުންނަ މީހާ ޑިޕްރެސަން (ނަފްސާނީ) ބަލިތަކުން ސަލާމަތްވާނެއެވެ.
އޮސްޓްރޭލިއާގެ އިލްމުވެރިޔާ އައްޝައިޚް ވައްހާޖް ޠާރިން
ދަރުސާއި ގުޅުންހުރި ވީޑިއޯ: