އެއްދުވަހަކު މަގުމަތިން ފެނުނު މީހަކު ހުރީ ކެރެޓެއް ހިފައިގެން ސިގިރޭޓް ބޯހެން ކެރެޓުގެ ބޭނުންކުރާށެވެ. އެކަން ކުރަނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ ޑޮކްޓަރު ދުންފަތުގެ އިސްތއިުމާލު ނުކުރަން ބުނީމަ ކުރާ ކަމެއް ކަމަށެވެ. އެކަމަކު ދުންފަތުގެ އިސްތިއުމާލު ނުކުރަން މާތް ﷲ އެންގެވީމާ އަޅައެއް ނުލައެވެ. އެފަދަ މީހުން ބިރުގަންނަނީ ހަމައެކަނި މަރުވެދާނެ ކަމަށްޓަކައެވެ.
އަހަރެންގެ ދުޢާއަކީ އަހަރެމެންނަކީ ކެރެޓް ބޯ ބައަކަށް ނުވެ ކެރެޓް ކާ ބައަކަށްވުމެވެ.
ހުރިހާ ނިއުމަތްތަކެއް މާތް ﷲ މިންވަރުފުޅު ކުރައްވަވާފައިވާ މީހުންނަށް ދުނިޔޭގެ ޒީނަތްތެރިކަން ނޫން ދެވަނަ ވިސްނުމެއް ލިބެނީ އެމީހަކު މަރުވާން އުޅޭކަމުގެ ޚަބަރު ޑޮކްޓަރުން ދިނުމުންނެވެ. އެހިސާބުން އޭނާގެ ވިސްނުން ބަދަލުކުރެއެވެ.
ހުރިހާ ނިއުމަތްތަކެއް ލިބިގެން ހުންނައިރު މާތް ﷲ ގެ މަތިން ހަނދުމައެއް ނުކުރެއެވެ. މާތް ﷲ ދުނިޔޭގައި މީސްތަކުންނަށް އެކިވަރުގެ މުޞީބާތްތައް ކުރިމަތިކުރައްވަވައެވެ. އެއީ މީސްތަކުން މާތް ﷲ އާއިމެދު ވިސްނައި ފިކުރުކޮށް މާތް ﷲ އެންގެވި ގޮތަށް ރުޖޫއަވުމަށްޓަކައި ދެއްވަވާ ނިިޢުމަތެކެވެ.
ޝައިޚް މުފްތީ މެންކުގެ ދަރުސަކުން
ގުޅުންހުރި ވީޑިއޯ: