އަސްތާގެ ނަމުގައި ޕީޕީއެމް އިން ބާއްވާ ޖަލްސާ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ އަދި އެ ޕާޓީގެ 6 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބާއްވަން ނިންމާފައިވާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ މި މަހުގެ 2 ވަނަ ދުވަހުގެރޭ އަސްތާގެ ނަމުގައި ބާއްވަން ނިންމި ޖަލްސާ ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ.
އަދުރޭ ވިދާޅުވީ އަސްތާ ޖަލްސާ އޮންނާނީ ކާނިވާ ސަރަހައްދުގައި 9 ވަނަ ދުވަހުގެ ރޭ 20:00 ކަމަށާއި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދޭ ކަމަށެވެ. އަދި އަހަރީ ޖަލްސާއަށް ކުޅުދުއްފުށި ތައްޔާރުކުރުމުގެ މަސައްކަތްވެސް ވަރަށްބާރަށް ކުރިއަށްދާ ކަމަށެވެ.