ކުޅުދުއްފުށި އެއަރޕޯޓުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވާނީ ރައީސް ޔާމީން، މި މަހުގެ 12 ވަނަ ދުވަހު..

ކިޔުމަށް ހޭދަވާނީ 38ސ
ކުޅުދުއްފުށި އެއަރޕޯޓުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވާނީ ރައީސް ޔާމީން، މި މަހުގެ 12 ވަނަ ދުވަހު..
ހދ. ކުޅުދުއްފުށި އެއަރޕޯޓުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށާއި މި ރަސްމިއްޔާތު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ އެ ރަސްމިއްޔާތަށްފަހު، އެރޭ އޮންނަ އެޕާޓީގެ 6 ވަނަ އަހަރީދުވަހުގެ ޖަލްސާގައި އެރަށު ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވާނެ ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ސަރުކާރަށް 4 އަހަރުފުރުން ފާހަގަކުރުމަށް ބާއްވާ ޖަލްސާ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި އޮންނާނެ ކަމަށެވެ.
މިއަދު އޮންލައިން