ސީސީސީސީ ކުންފުނީގެ މީޓިންގ ރޫމްގައި މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށްފަހު އެކުންފުނީގެ ޕްރޮޖެކްޓް އެގްޒެކްޓިވް މެނޭޖަރ މރ. ލިން ވިދާޅުވީ ބްރިޖުގެ މައި ތަނބުތަކުގެ ކޮންކްރީޓު މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި މީގެ ކުރިން މެއިން ބްރިޖުގެ ޕެއާ ފައުންޑޭޝަން މަސައްކަތާއި އެޕްރޯޗް ބްރިޖުގެ ޕެއާ ފައުންޑޭޝަން ނިންމާ، އެޕްރޯޗް ބްރިޖުގެ ޕައިލް ކޮންސްޓްރަކްޝަންގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން މރ. ލިން ވިދާޅުވީ ބްރިޖުގެ މެދުގައި ހުންނަ އެންމެ އުސް އިން ތަނބުގެ ބޮޑު ބައި ނިމިފައިވާ ކަމަށާއި މިހިނގާ ނޮވެމްބަރ މަހުގެ ފަހު ކޮޅު ތިން ތަނބު އެއްކޮށް ނިންމުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
"މިހާރު ކުރަމުން އަންނަ މަސައްކަތަކީ ބްރިޖުގެ ސްޓްރަކްޗާ ނިންމުމުގެ މަސައްކަތް. އަހަރުމެންގެ ގާބިލްކަން އެބަހުރި ކަނޑައެޅިފައިވާ ތާރީޚަށް މިބްރިޖުގެ ހުރިހާ މަސައްކަތްތަކެއް ވެސް ނިންމުމުގެ" މރ. ލިން ވިދާޅުވިއެވެ.