2022 ވަނަ އަހަރު ބެއިޖިންގ ގަ ބާއްވާ ވިންޓަރ އޮލިމްޕިކްސްއަށް ތައްޔާރުވާން ފަށައިފި

ކިޔުމަށް ހޭދަވާނީ 59ސ
2022 ވަނަ އަހަރު ބެއިޖިންގ ގަ ބާއްވާ  ވިންޓަރ އޮލިމްޕިކްސްއަށް ތައްޔާރުވާން ފަށައިފި
2022 ވަނަ އަހަރު ވިންޓަރ އޮލިމްޕިކްސް ބާއްވާ ބޭޖިންގ ގެ އަވަށް ޒީނަތްތެރިކުރަން ފަށައިފިއެވެ.

މި އޮލިމްޕިކްސް ބޭއްވުމަށް ނިންމާފައިވާ ޗައިނާގެ ޔަންޖިންގ ސްޓްރިކްގައި މިހާރު އަންނަނީ އެކި ކުޅިވަރުތައް ކުޅުމަށް ބޭނުންވާ ތަންތަން ޢިމާރާތްކޮށް އަދި އިތުރަށް މަރާތާމާތުކުރަން ބޭނުންވާ ތަންތަން މަރާމާތުކުރަމުންނެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ ކަންކަންވެސް ބަލަހައްޓާނެ ގޮތާއި ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވާ އެތްލީޓުންގެ އެކޮމޮޑޭޝަންގެ އިންތިޒާމުތައްވެސް އަންނަނީ ހަމަޖައްސަލުމްނެވެ. އަދި އެތްލީޓުން ތަމްރީނުތައް ހެދުމަށް ބޭނުންވާނެ ސާމާނާއި ތަންތަންވެސް އަންނަނީ ހަދަމުންނެވެ.

ޗައިނާއިން ބުނީ 2022 ވަނަ އަހަރު އެ ޤައުމުގައި ބާއްވާ ވިންޓަރ އޮލިމްޕިކްސްއަށް ހަދާ ޢިމާރާތްތަކަކީ އެންމެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ހަދާ ތަންތަން ކަމަށެވެ.

މި ތަންތަން ހަދައިދޭނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލުމުން ކާމިޔާބުކޮށްފައިވަނީ އޮލިމްޕިކް ވިލެޖް އެންޑް މައުންޓެން މީޑިއާ ސެންޓަރ ނަމަކަށް ކިޔާ ކުންފުންޏެވެ.



މިއަދު އޮންލައިން