އެއްގަމާއި ކަނޑުތަކުގައި ފަސާދަކުރުން ޢާންމުވެގެންދާނެއެވެ. ކުށްކުރުން އެ ހާލަތަށް ދިއުމުން އަޒާބުގެ ތެރެއިން ކުޑަމިންވަރެއް އަހަރެމެންނަށް މާތްﷲ ފޮނުއްވަވައެވެ. އިޞްލާޙުވުމަށްޓަކައެވެ. އިންޒާރެއްގެ ގޮތުގައެވެ.
ބުއްދިވެރިންނަކީ މިކަންކަމަށް ވިސްނައި ތައުބާވާ މީހުންނެވެ. ފުރިހަމަ ގޮތުގައި އިޞްލާޙް ވެވޭނީ ތިބާގެ އަމިއްލަ ހިސާބުތައް ބަލަހައްޓައި އެކަންކަމަށް ވިސްނާ މީހުންނަށެވެ. ކުރެވޭ ކުށްތައް އަމިއްލައަށް ދެނެގަންނަން ޖެހެއެވެ.
އެއްވެސް މުޞީބާތެއް އަމިއްލައަށް އައިސް ތިބާއަށް އެއްވެސް ކަމެއް ނުޖައްސުވައެވެ. ނަމަވެސް ކޮންމެ މުޞީބާތެއްވެސް ކުރިމަތިވަނީ ތިބާ އަމިއްލައަށް ކުރާ އަމަލުތަކުގެ ސަބަބުންނެވެ. މިއީ އަމިއްލައަށް ބުނާ ބަހެއް ނޫނެވެ. މިއީ ކީރިތި ޤްރްއާނުން މިކަން އެނގެން އޮތް ގޮތެވެ.
ކޮންމެ މުޞީބާތަކީވެސް ތިބާގެ މައްޗަށް މާތްﷲ ފޮނުއްވަވާ "ވޭކަޕްކޯލެއް" ކަމަށް ބަލާށެވެ. ތިބާގެ އަމަލުތައް އިޞްލާޙްކުރުމަށެވެ. ފާފަތަކާއި ދުރުހެލިވުމަށެވެ. ޝައިޠާނާގެ މަގު ދޫކޮށް މާތް ﷲ ގެ މަގަށް ރުޖޫޢަ ވުމަށެވެ.
ޔަޤީންކުރާށެވެ. އަހަރެމެން ކުރާ ކޮންމެ ފާފައަކަށް މާތް ﷲ މުޞީބާތެއް ނުފޮނުއްވަވައެވެ. މުޞީބާތެއް ފޮނުއްވަވަނީ ވަރަށް މަދު ފަހަރަކުއެވެ. އެއީ ވެސް ތިބާ އިމްތިހާން ކުރެއްވެވުމަށެވެ. ތިބާއަށް ފައިދާއަކަށެވެ.
ޔަޤީންކުރާށެވެ. އެންމެ އޯގާތެރިވަންތަ ފަރާތަކީ މާތް ﷲ އެވެ. އެކަލާނގެ އީ "ރަޙްމާނުއްރަހީމް" އެވެ. އެހެންވީމާ މީސްތަކުންނަށް އަނިޔާވެރިވެވޮޑިގަތުމަކީ މާތް ﷲ އެއްވެސް ޙާލެއްގައި ކުރައްވަވާނެ ކަމެއް ނޫނެވެ.
ގުޅުންހުރި ވީޑިއޯ: