ޕީއެސްޖީ ފޯވާޑު ޓުރިއޯގެ ފެންވަރު އަނެއްކާ ވެސް ދައްކާލައިފި
ރޭ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާއި ސެލްޓިކް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ފަހަތުން އަރާ 1-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި ޕީއެސްޖީގެ ފޯވާޑު ޓުރިއޯގެ ތިން ކުޅުންތެރިންކަމަށްވާ ނޭމާ، ކަވާނީ އަދި އެމްބާޕޭގެ ލަނޑުތައް ފެނި، މި ތިން ކުޅުންތެރިންގެ ފެންވަރުވަނީ ދައްކާލައިފައެވެ.
މިއީ ޕީއެސްޖީގެ ތާރީޚުގައި ޗެމްޕިއަންސް ލީގު މެޗެއްގައި ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
މެޗުގެ ފުރަތަމަ ލީޑު ނެގީ ސެލްޓިކުންނެވެ. އެއީ މެޗުގެ ފުރަތަމަ މިނެޓުގައި މައުސާ ޑެމްބެލޭ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ.
މެޗުގެ ފުރަތަމަ ލީޑު ސެލްޓިކުން ނެގި ނަމަވެސް، އޭގެ އަށް މިނެޓު ފަހުން، ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާގެ ލަނޑަކުން ޕީއެސްޖީއަށް އެއްވަރުކޮށްދިނެވެ. މެޗުގެ 22ވަނަ މިނެޓުގައި ޕީއެސްޖީގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ނޭމާއެވެ.
ނޭމާގެ އިތުރުން، ރޭގެ މެޗުގައި ކާވާނީ ދެ ލަނޑު ޖެހިއިރު، އެމްބާޕޭ، ވެރާޓީ އަދި ޑެނި އަލްވެސް ވަނީ ލަނޑެއް ޖަހައިފައެވެ.
ރޭގެ މެޗަށް ނުކުތްއިރު ވެސް ދެވަނަ ބުރު ޔަޤީންވެފައިވާ ޕީއެސްޖީން ރޭގެ މެޗު ކާމިޔާބުކުރުމާއެކު، ޕީއެސްޖީ އޮތީ ގްރޫޕްގެ އެއްވަނައިގައި ކުޅުނު ފަސް މެޗުން ފަނަރަ ޕޮއިންޓް ހޯދައިގެންނެވެ.
މި ސީޒަނުގައި ޕީއެސްޖީން އަދި އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު، ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވަނީ މޮޅުވެފައެވެ.