ބާސާއާއި ޔުވެންޓަސްގެ ކުރިމަތިލުން އެއްވަރުވެ، ބާސާ ދެވަނަ ބުރަށް
ރޭ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ބާސެލޯނާއާއި އިޓަލީގެ ޔުވެންޓަސްގެ ކުރިމަތިލުން ނިމުނީ އެއްްވެސް ޓީމަކަށް ލަނޑެއް ނުޖެހި، އެއްވަރުވެގެންނެވެ.
މެޗު އެއްވަރުވި ނަމަވެސް ބާސާއަށް ވަނީ ދެވަނަ ބުރުގެ ޖާގައެއް ލިބިފައެވެ. އެއީ ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ހޯދާ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުން، ދެ ޓީމުން ވެސް އަނެއް ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާފައިވެއެވެ. އެހެން ނަމަވެސް ދެ ޓީމުގެ ޑިފެންސާއި ގޯލް ކީޕަރުންގެ މޮޅު ކުޅުމާއެކު އެއިން ކޮންމެ ހަމަލާއެއްވަނީ ދިފާޢުކޮށްފައެވެ.
މި މެޗު ބާސާއިން ފެށީ އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ މެސީއާ ނުލައެވެ.
އެހެން ނަމަވެސް، ދެވަނަ ހާފުގެ 56ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ޔުވެންޓަސްގެ ގޯލަށް ވަނީ ނުރައްކާ ކޮށްފައެވެ. އެ ގޮތުން، އެންމެ ފާހަގަކޮށްލެވެނީ 63ވަނަ މިނެޓުގައި މެސީ ފޮނުވާލި ހިލޭ ޖެހުން ފާހަގަކޮށްލެވެއެވެ.
މި ގްރޫޕްގައި ރޭ ކުޅުނު ދެވަނަ މެޗު ނިމުނީ ސްޕޯޓިން ލިސްބަން 1-3 ގެ ނަތީޖާއިން މޮޅުވެގެންނެވެ.