ޓިކެޓު އަގުބޮޑުކަމުން ބަޔާން ސަޕޯޓަރުން ހިތްހަމަނުޖެހިއްޖެ
ރޭ ޗެމްޕިއަންސް ލީގުގައި ބަޔާންއާ އަންދަލެޗް ކުޅުނު މެޗުން 1-2 ގެ ނަތީޖާއިން ބަޔާން މޮޅުވި ނަމަވެސް، މެޗުގެ ޓިކެޓު އަގުބޮޑުވެފައިވާކަމަށް ބުނެ، ބަޔާންގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކޮށް، މުޒާހަރާކޮށްފިއެވެ.
އެ ގޮތުން ޔޫއެފާއާއި އަބްދަލެޗަށް ޖޯކުޖަހައި، ޓިކެޓު އަގު ބޮޑުކުރިކަމަށް ލިޔެފައިވާ ބެނާތަކެއް ބަޔާން ސަޕޯޓަރުން ޑިސްޕްލޭ ކުރިއެވެ.
އަދި ގިނަ އަދަދެއްގެ ފޭކެ ފައިސާގެ ނޫޓުތަކެއް ހިތްހަމަނުޖެހިފައި ތިބި ބަޔާން ސަޕޯޓަރުންތަކެއް އުކިއެވެ.
މިކަމާ، އަންދަލެޗް ސަޕޯޓަރުން ވެސް ވަނީ ފާޑުކިޔާފައެެވެ.
ޚަބަރުތައް ލިބޭ ގޮތުން، ކުރިން 88 ޔޫރޯއަށް ވިއްކަމުން އައި ޓިކެޓު ރޭގެ އެ މައްޗަށް ވިއްކާފައިވަނީ 100 ޔޫރޯއަށެވެ.
މި މެޗުގައި ބަޔާންގެ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެވަންޑޮސްކީއާއި ޓޮނިސޯއެވެ. އަންދަލެޗްގެ ލަނޑު ކާމިޔާބުކޮށްދިނީ ހަންނީއެވެ.
މި މެޗު ކާމިޔާބުކުރުން، ބަޔާން ވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.