މުސްލިމުންގެ ކިބައިގާ މިބަލިކަށިކަން ހުރުން މުހިންމު!

ކިޔުމަށް ހޭދަވާނީ 1މ 29ސ
މުސްލިމުންގެ ކިބައިގާ މިބަލިކަށިކަން ހުރުން މުހިންމު!
މިއީ މީސްތަކުން ހޭލުތެރި ކުރެއްވުމަށް ށެއިޚު މުޙައްމަދު ކުތުބު، ދެއްވެވވި ދަރުހެއްގެ ބައެކެވެ.

"ތިމާގެ ކިބައިގާ މިބަލިކަށިކަން ހުރުމުން، ތިމާ ދެކެ މާތް ﷲ (ސުބްޙާނަހޫ ވަތައާލާ) ލޯބިވެ ވޮޑިގަންނަވާކަން އެނގިލައްވާ ހެއްޔެވެ؟

ނަމަވެސް ތިބާ ބުނާނީ އެހެން ނުވާނެ ކަމަށާއި މާތް ﷲ ލޯބިވެ ވޮޑިގަންނަވާނީ ބަލިކަށި ނޫން ފަރާތްތައްދެކެ ކަމަށެވެ. އެކަލާނގެ ލޯބިވެ ވޮޑިގަންނަވާނީ އީމާންތެރިކަން ވަރުގަދަ މުސްލިމުން ދެކެ ކަމަށެވެ. ތިއީ ތެދެކެވެ.

ނަމަވެސް ބައެއް މުސްލިމުންގެ ކިބައިގާ ބަލިކަށިކަމެއް ވެއެވެ. އަދި އެބަލިކަށިކަމަކީ މާތް ﷲ (ސުބްޙާނަހޫ ވަތައާލާ) ނުހަނު ލޯބިވެ ވޮޑިގަންނަވާ ބަލިކަށިކަމެކެވެ.

އެބަލިކަށިކަމަކީ ތިމާގެ މުސްލިމް އަޚުންނާއި އުޚްތުންނަށް އޯގާތެރިވެ ކަމޭހިތުމެވެ. އެކަކު އަނެކާގެ މައްޗަށް ބޮޑާވެ މަތިވެރި ނުވެ، އެކަކު އަނެކަކާއި މުޚާތަބް ކުރާއިރު (އެއީ ތިމާއަށްވުރެ ހަގު، ނުވަތަ މަގާމުގެ ގޮތުން ތިމާއަށްވުރެ ދަށް މީހެއް ކަމުގައިވީ ނަމަވެސް) މަޑުމައިތިރިކަމާއި އޯގާތެރިކަމާއި އެކު މުޚާތަބް ކުރަން އާދަވެފައި ތިބުމެވެ.

ތިމާގެ އަޚުންނާއި އުޚްތުންގެ ކުރިމަތީގައި ތިމާއަކީ އަބަދުމެ މާމަތިވެރި ނުވަތަ ބޮޑު މީހެއް ކަމުގައި ވެގެން ހުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެމީހުންގެ ކުރިމަތީގައި ކޮންމެވެސް ވަރަކަށް ބަލިކަށިވެ، އޯގާތެރިވުމަކީ ހުއްދަ ކުރައްވަވާފައިވާ ކަމެކެވެ.

އެމީހުންނަކީ ވެސް ތިމާއަށް ޚިޔާލެއް ދެވޭނެފަދަ ބައެއް ކަމުގައި ދެކޭށެވެ. ބަލިކަށިވުމުގެ މާނައަކީ މިއީ އެވެ. އެއްވެސް ހާލެއްގައި އެއީ ތިމާގެ ނަފްސު ބަލިކަށި ކޮށްލާ އަގުވެއްޓުމެއް ނޫނެވެ.

ތިމާގެ މުސްލިމު އަޚުންނާއި އުޚްތުންނާއިމެދު ތިމާ އަބަދުވެސް ކަމޭހިތަން ވާނީ ނުހަނު އޯގާތެރިކަމާއިއެކު އެވެ.

މުސްލިމުންގެ އީމާންތެރިކަން އަންނަނީ ކެތްތެރިކަމާއި ވެސް އެކުގައެވެ. އެހެންކަމުން މުސްލިމު އަޚުންނާއި އުޚްތުން އެކަކު އަނެކަކާއިއެކު އަބަދުވެސް ކެތްތެރިވާން ވާނެއެވެ."

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން