ފަތިސް ނަމާދަށް ހޭލުމަށް ކުރަންޖެހޭ މަސައްކަތްކުރުމުން ވެސް ނުހޭލެވުނު މީހާ ފަތިސް ނަމާދުގެ ވަގުތުން ބޭރުގައި ފަތިސް ނަމާދުކުރާއިރުވެސް އިހު ސުންނަތުގެ ދެ ރަކްޢަތް ކުރެވޭނެ ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ނަމާދުގެ ވަގުތުން ބޭރުގައިވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ރަވާތިބު ސުންނަތް ކުރައްވަވާފައި އެބަހުރި ކަމަށެވެ. "މެންދުރު ނަމާދުގެ ފަހު ސުންނަތް އިތުރު މާތް ނަބިއްޔާ އެބަހުރި ޢަޞްރު ނަމާދަށްފަހުވެސް ކުރައްވަވާފަ. ހަމައެގޮތަށް ފަތިސް ނަމާދުގެވެސް."
އެހެން ނަމަވެސް ޢިލްމުވެރިން ވިދާޅުވަނީ އެގޮތަށް ވަގުތުން ބޭރުގައި ރަވާތިބު ސުންނަތް ކުރަންވާނީ ޢާންމުކޮށް ރަވާތިބު ސުންނަތް ކުރާ މީހުން ކަމަށް ވެސް ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.
ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެ ރަކްޢަތަކީ މާތްﷲގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ހެޔޮކަން ބޮޑު އަމަލެއްކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ގުޅުންހުރި އޯޑިއޯ: