"ރުކޫޢުގަ އާއި ސުޖޫދުގައި އެމީހެއްގެ ބުރަކަށި ނުވަތަ މައިބަދަ ސީދާ ނުކުރާ މީހާގެ ނަމާދެއް ނުގުނޭނެ" އިމާމް ތިރްމިޛީ (265)
މިއީ ޞިއްހަތު ރަނގަޅު، އެގޮތަށް އެކަން ކުރެވޭނެ މީހުންނަށެވެ. މައިބަދަ ނުވަތަ އުނަގަނޑަށް ނުވަތަ އެނޫންވެސް ގުނަވަނަކަށް މައްސަލައެއް ދިމާވެގެންނާއި ނުކުޅެދުންތެރިކަން ހުރެގެން އެގޮތަށް އެކަން ނުކުރެވޭނެ މީހުންނަކަށް ނޫނެވެ.
މިފަދަ ކަމަށް އަޅުގަނޑުމެންނަށް އިހްމާލްވެވެވެ. އެކަންކަމުގެ މައުލޫމާތު ލިބިފައި ވެސް ނެތުމުންނެވެ. ކަންކަން އެނގޭވަރަކުން އިޞްލާޙްކުރަން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.