ޢުމުރާއި ވަގުތު ބޭކާރު ގޮތުގައި ނަގާލެވޭ ސަބަބަކީ ދިރިއުޅުމުގެ މަޤްޞަދު ކަނޑައެޅިފައިނެތުން: ޝައިޚް ޢިއްޒުއްދީން

ކިޔުމަށް ހޭދަވާނީ 59ސ
ޢުމުރާއި ވަގުތު ބޭކާރު ގޮތުގައި ނަގާލެވޭ ސަބަބަކީ ދިރިއުޅުމުގެ މަޤްޞަދު ކަނޑައެޅިފައިނެތުން: ޝައިޚް ޢިއްޒުއްދީން
ޢުމުރާއި ވަގުތު ބޭކާރު ގޮތުގައި ނަގާލެވޭ ސަބަބަކީ ދިރިއުޅުމުގެ މަޤްޞަދު ކަނޑައެޅިފައިނެތުންކަމަށް އައްޝައިޚް ޢިއްޒުއްދީން ޢަދުނާން ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "ހުކުރު އުފާ" ގައި ތަޤްރީރު ކުރައްވަމުންނެވެ.

ވަގުތުގެ މުހިންމުކަމުގެ މައްޗަށް ތަޤްރީރު ކުރައްވަމުން ޝައިޚް ވިދާޅުވީ ހަޔާތުގެ މަގްޗާޓެއް އެކު ލަވާލާފައި ނެތުމަކީވެސް ޢުމުރާއި ވަގުތު ބޭކާރު ގޮތުގައި ނަގާލެވޭ ކަމެއް ކަމަށެވެ. އަދި ކުރާނެ ކަމެއް ނެތުމާއި ނުރަނގަޅު އެކުވެރިން ޚިޔާރު ކުރުމަކީވެސް ސަބަބެއްކަމަށެވެ.

ކީރިތި ރަސޫލާގެ ޙަދީޘްތަކުން މިސާލު ޖައްސަވަމުން ޝައިޚް ޢިއްޒުންދީން ވިދާޅުވީ ކީރިތި ރަސޫލާ ވަނީ ޒުވާނުން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ގޮވާލައްވާފައި ކަމަށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި އިޙްމާލު ނުވުމަށްވެސް ރަސޫލާ މި އުންމަތަށް ގޮވާލައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ޝައިޚް ވަނީ ދުނިޔަވީ ޙަޔާތުގައި ލައްވާފައިވާ ކަންތައްތައްވެސް ބޭކާރު ގޮތުގައި ބޭނުން ނުކޮށް ލިބިފައިވާ ޢިލްމު ބޭކާރު ގޮތުގައި ދޫކޮށް ނުލައި، އެ ޢިލްމު އެހެން މީހުންނަށް އުނގަންނައިދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

މިއަދު އޮންލައިން