ރޮނާލްޑޯގެ ލަނޑާއެކު، ރިއާލް މޮޅުކޮށްދީފި

ކިޔުމަށް ހޭދަވާނީ 1މ 17ސ
ރޮނާލްޑޯގެ ލަނޑާއެކު، ރިއާލް މޮޅުކޮށްދީފި
ސްޕެނިޝް ލަލިގާގައި ރިއާލް މެޑުރިޑާއި މަލަގާ ބައްދަލުކުރި މެޗު، 2-3 ން ރިއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

މެޗުގެ ފުރަތަމަ ލީޑު، ރިއާލުން ނެގީ މެޗުގެ 9 ވަނަ މިނެޓުގައި ކަރިމް ބެންޒީމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ނަމަވެސް އޭގެ 8 މިނެޓު ފަހުން، މަލަގާގެ ޑިއޭގޯ ރޯލޭން އެ ޓީމަށް ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ.

ނަތީޖާ އެއްވަރެއްގައި މަލަގާ ހިފަހައްޓާލެނުވީ ވެސް ހިނދުކޮޅަކުއެވެ. މެޗުގެ 21ވަނަ މިނެޓުގައި ރިއާލްގެ ކަސެމީރޯ ވަނީ ލަނޑެއް ކާމިޔާބުކޮށް ރިއާލަށް އަލުން މެޗުގެ ލީޑު ހޯދައިދީފައެވެ.
ފުރަތަމަ ހާފު ނިމުނީ 1-2 ގެ ނަތީޖާއިން ރިއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައި 58ވަނަ މިނެޓުގައި މަލަގާއިން ވަނީ ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު މަލަގާއަށް ކާމިޔާބުކޮށްދިނީ ޗޮރީ ކާސްޓްެރޯއެވެ.

އެހެން ނަމަވެސް މެޗުގެ 74 ވަނަ މިނެޓުގައި، ރިއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ޖަހައިވަނީ އެ ޓީމަށް އަލުން ލީޑު ހޯދައިދީފައެވެ.

މި މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑަކީ އަދި މި ސީޒަނުގެ ލަލިގާގައި ރޮނާލްޑޯއަށް ކާމިޔާބުކުރެވުނު ދެވަނަ ލަނޑެވެ.

މި މެޗުން މޮޅުވެގެން ރިއާލް ވަނީ ބާސާއާ ދެމެދުވާ ފަރަޤު 7 ޕޮއިންޓަށް ކުޑަކޮށްފައެވެ. އެހެންނަމަވެސް، ބާސާއާ ވެލެންސިއާ ބައްދަލުކުރާ މެޗުގެ ނަތީޖާ އަންނަ ގޮތުން މި ފަރަޤު ބޮޑުވުން އެކަށީގެންވެއެވެ. ރިއާލަށް ފަރަޤުކުޑަ ކުރެވުނީ ބާސާއަށް ވުރެ، އެއް މެޗު އިތުރަށް ކުޅެގެންނެވެ. ރިއާލަށް މިހާރު ލިބެނީ 27 ޕޮއިންޓެވެ. ބާސާއަށް 34 ޕޮއިންޓް ލިބެނީ ރިއާލަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.
މިއަދު އޮންލައިން