އަޅުކަން އުފައްދާ މީހުންނަކީ ގެއްލެނިވެގެންވާ ބައެކެވެ. ކަހްފް ސޫރަތުގެ ފަހު އާޔަތްތައް ބައްލަވާށެވެ. ކައު އިތުރު ރަަސޫލާ މުޙައްމަދު (ޞޢވ) ދަސްކޮށް ދެއްވެވި އަޅުކަންތައް ނުކޮށް އެމީހުން އަމިއްލައަށް އަޅުކަން އުފައްދައިގެން ކަންކަން ކުރި މީހުންނަކީ ހަމަކަށަވަރުން ގެއްލެނިވެގެންވާ ބައެކެވެ.
ލޮބުވެތިއަޚުންނޭވެ. އަޅުކަމުގެ ގޮތުގައި ކުރަންޖެހޭނެ އެންމެ ކަމެއްވެސް އުންމަތަށް ދަސްކޮށް ނުދެއްވަވައި އިތުރު މާތް ނަބިއްޔާ ދޫކޮށްލެއްވެވި ކަމަށް ހީވެސްނުކުރާށެވެ. އަދި އަޅުކަމުގެ ގޮތުގައި ކުރަންޖެހޭނެކަންކަން ދަސްކޮށްދެއްވަވާފައިވަނީ މާމަދުންކަމަށް ހީކޮށް އިތުރު ކަންތައްތަކެއް އުފައްދަންޖެހޭނެ ކަމަށް ވިސްނުމަށްވެސް ނުގެންނާށެވެ. އެފަދަ ކަމެއް ކޮށްފިނަމަ އެމީހަކު ވާނީ ގެއްލެނިވެގެންވާ މީހަކު ކަމުގައެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޢީދުމީލާދު ފާހަގަކުރުމަކީ އަޅުކަމެއް ނަމަ އެކަން އެންމެ ފުރަތަމަ ކުރެއްވެވީހީ އިތުރު އެކަލޭގެފާނެވެ. އިތުރު އެކަލޭގެފާނު އެކަން ކުރައްވަވާފައެއް ނުވެއެވެ. އަދި އިތުރު އެކަލޭގެފާނުގެ ދަރިކަލެއް، ދަރިކަނބަލެއްގެ އުފަން ދުވަސް ވެސް ފާހަގަ ކުރައްވަވާފައެއް ނުވެއެވެ.
ހިޖުރައިން 4 ވަނަ ޤަރުނާއި ހަމައަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ އީދު މީލާދު ހަމައެކަކުވެސް ފާހަގަކޮށްފައެއް ނުވެއެވެ. އެއިގެ މާނައަކީ އެއްވެސް ޞަޙާބީއަކު އެކަން ކުރައްވަވާފައި ނުވުމެވެ. ޞަހާބީންނަށްވުރެ އަހަރެމެންނަށް ބޮޑަށް ކަންތައްތަކެއް އެނގެނީ ހެއްޔެވެ؟
ޞަހާބީންނަށްވުރެ އަހަރެމެންގެ ހިތްތަކުގައި އިތުރު މާތް ނަބިއްޔާއަށް ލޯބި ގަދައީ ހެއްޔެވެ؟ ހަމަހިލާ އެހެނަކުން އެކަމެއް ނުވާނެއެވެ!
(ރާއްޖޭގައި 2008 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީއެއް އުފައްދައި ހިންގަން ފަށަންދެން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޢީދު މީލާދު ފާހަގަކުރިއެވެ. އެކަން ހުއްޓުމަކަށް ގެނައީ އެމިނިސްޓްރީންނެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ މިނިސްޓަރު ކަމުގައެވެ.)
ގުޅުންހުރި ވީޑިއޯ: