ޤާރީ ފާތިޙް ސެފެރެޖިކް އަކީ ޖަރުމަނީއަށް އުފަންވި ބޮޒްނިއާ ގެ ރައްޔިތެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވާ، ނުހަނު ރީތިކޮށް ކީރިތި ޤުރްއާން ކިޔަވާ ޤާރީ އެއްގެ ގޮތުގައެވެ.
އޭނާގެ އުމުރުން ހަތަރު އަހަރުގައި، މައިންބަފައިންނާއި އެކު އެމެރިކާ އަަށް ދިރިއުޅުން ބަދަލު ކުރިއެވެ. އަދި އުމުރުން 13 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސް ކުރިއެވެ. ޤާރީފާތިޙްއަށް ކީރިތި ޤުރްއާން ހިތުދަސްވެފައިވޭތޯ ބާލްޓިމޯރް ގެ އިސްލާމީ މަރުކަޒުގައި ބަލާދެއްވީ އައްޝެއިޚް ޤާރީ ޒާހިދު އާއި ޤާރީ އާބިދު އެވެ.
މިހާރުވެސް ޤާރީ ފާތިހް ދިރިއުޅެމުން ދަނީ އެމެރިކާ ގައެވެ. އޭނާ ކީރިތި ޤުރްއާން ކިޔަވާ އަޑު އިވުމުން، ގިނަ ބަޔަކު ތިބެނީ އާޝޯޚުވެފައެވެ. ހިތުގެ އެންމެ ފުންމިނަށް އޭނާގެ ކިޔެވުމުގެ އަޑު ވަދެގެން ދެއެވެ.
އެހެންކަމުން ކޮންމެ ދުވަހަކު ވެސް ކީރިތި ޤުރްއާން ކިޔަވާ މަންޒަރު ރިކޯޑުކޮށް، ޤާރީ ފާތިޙް އޭނާގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓެއްގައި އެވީޑިއޯތައް ހިއްސާ ކުރެއެވެ.
ޤާރީ ފާތިޙް ބުނިގޮތުގައި އޭނާ ބޭނުންވަނީ، މާތް ﷲ ގެ ބަސްފުޅު، މުޅި ދުނިޔޭގެ އެންމެންނަށް ވެސް، ކޮންމެ ދުވަހަކުވެސް އިއްވުމެވެ.