ރަސޫލާ (ޞޢޥ) ގެ ދެ އަސްޙާބު ބޭކަލެއްގެ ކަށްވަޅުގެ ވާހަކަ

ކިޔުމަށް ހޭދަވާނީ 3މ 4ސ
ރަސޫލާ (ޞޢޥ) ގެ ދެ އަސްޙާބު ބޭކަލެއްގެ ކަށްވަޅުގެ ވާހަކަ


1929 ވަނަ އަހަރު އިރާޤް ގައި އެއިރު ހުންނެވި ރަސްގެފާނު ވިދާޅުވިއެވެ. "އަހަންނަށް ހުވަފެންފުޅެއް ފެނި ވަޑައިގެންނެވިއެވެ. ހުވަފެންފުޅުން އަހަންނަށް ފެނިވަޑައި ގެންނެވީ މާތް ރަސޫލާ (ޞޢޥ) ގެ ދެ އަސްޙާބު ބޭކަލެކެވެ.

އެ ދެ ބޭފުޅުން އަހަންނާއި ދިމާލަށް އައެވެ. އަހަރެން ގާތަށް އައިސް އެދެބޭފުޅުން ވިދާޅުވިީ، ތިގްރިސް ކޯރުގެ ފެން އެ ދެބޭފުޅުންގެ ކަށްވަޅުގެ ތެރެއިން ދެމިގެން ދާ ކަމަށެވެ. އެެހެންކަމުން އެދެބޭފުޅުންނަށް އެހީތެރިވެ ދެއްވުމަށް އަހަރެން ގާތު އެދެބޭފުޅުން ނަންގަތެވެ."

އެރަސްގެފާނަށް ހުވަފެނުން ފެނިވަޑައިގަތް އަސްޙާބު ބޭކަލުންގެ ކަށްވަޅާއި ތިގްރިސް ކޯރާއި ދެމެދު ކޮނުނެވެ. އެމަނިކުފާނަށް ފެނިވަޑައިގަތް ހުވަފެންފުޅުގެ ހަގީގަތެއް ހޯދެއްވުމަށެވެ. ނަމަވެސް އެސަރަޙައްދުގެ ބިމު އަޑިން ފެނުގެ އެއްވެސް އަސަރެއް ނުފެނުނެވެ.

ރަސްގެފާނު ވިދާޅުވިއެވެ. "އެހުވަފެން މަތިން އެހެންވީރު އަހަރެން ހަނދާން ނައްތާލައިފީމެވެ."

ނަމަވެސް އޭގެ ފަހުން ކޮންމެ ރެއަކު ވެސް އެމަނިކުފާނަށް އެހުވަފެންފުޅު ފެނިވަޑައިގަތެވެ. ކޮންމެ ރެއަކު އެމަނިކުފާނުގެ ހުވަފެންފުޅުން އެދެބޭފުޅުން ފެނިވަޑައިގަތެވެ. ރަސޫލާ (ޞޢޥ) ގެ ދެ އަސްޙާބު ބޭކަލެއް ގޮސް ވިދާޅުވެއެވެ. ތިމަންމެންގެ ކަށްވަޅުގައި ފެން ބޮޑުވަނީ އެވެ. ތިމަންމެން ދެބޭކަލުންނަށް އެހީތެރިވާށެވެ. ތިމަންމެން ދެބޭކަލުން ސަލާމަތް ކުރައްވާށެވެ.
އެހެންކަމުން އެރަސްގެފާނު، އިރާޤުގެ ރައްޔިތުންގެ ކިބައިން މަޝްވަރާ ހޯއްދެވިއެވެ. ޚާއްސަކޮށް ދީނީ ޢިމުވެރިންގެ ފަރާތްޕުޅުންނެވެ. އެއެންމެން އެއްކުރައްވާ، އެމަނިކުފާނު އަނެއްކާވެސް އެހުވަފެންތައް ކިޔާ ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވިއެވެ.

"އެބޭފުޅުންނަށް އެހުވަފެންފުޅުގެ ވާހަކަފުޅު ކިޔާދެއްވުމުން އެތަނުން އެއް ދީނީ ޢިލްމުވެރިއަކު ތެދުވެ ވިދާޅުވީ އެބޭކަލަށް ވެސް ހަމަ އެހުވަފެން ފުޅު ފެނިވަޑައިގެންނެވި ކަމަށެވެ."
އެހެންކަމުން ހުރިހާ ބޭކަލުން ވެސް އެއްބަސްވެ ވަޑައިގެންނެވީ އެދެ އަސްޙާބު ބޭކަލުންގެ ކަށްވަޅު ކޮނުމަށެވެ. އެކަމަށް ތާރީޚެއް ވެސް ކަނޑައެޅުއްވިއެވެ. އެދެ އަސްޙާބު ބޭކަލުންގެ ކަށްވަޅު ކޮނުމަށްފަހު، އެދެކަށްވަޅުގެ ތެރެއަށް ތިރްގިސް ކޯރުން ފެން އެޅެމުންދާނަމަ، އެހެންތަނެއްގައި އެދެބޭކަލުންގެ ގަބުރު އަލުން ވަޅުލެއްވުމަށް ވެސް ކަނޑައެޅުނެވެ.

އެއީ އެއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ވެސް އަދާކުރުމަށް ކައިރިވަމުން އައި ދުވަސްވަރު ކަމުގައިވުމުން، މައްކާ އާއި މަދީނާއަށް ދަތުރު ކުރުމަށް އުޅުނު ޙައްޖާޖީން ވެސް އެރަސްގެފާނު އަރިހުން އެދިލެއްވީ، އެދެއަސްޙާބު ބޭކަލުންގެ ކަށްވަޅު ކޮނުން ފަސްކޮށްލެއްވުމަށެވެ. އެއީ ކަށްވަޅު ކޮންނައިރު، އެބޭކަލުން ވެސް އެތަނުގައި ހުންނަވަން ބޭނުންވާތީ ކަމަށް ދެންނެވިއެވެ.
ކަށްވަޅު ކޮންނަން ކަނޑައެޅި ދުވަސް އައިސް ޖެހިއްޖެއެވެ. އެދެއަސްޙާބު ބޭކަލުންގެ ކަށްވަޅު ކޮނުނެވެ. އެއީ އެދެބޭކަލުން އަވަހާރަވިތާ 13 ޤަރުނު ފަހުންނެވެ. ރަސްގެފާނު ވިދާޅުވިއެވެ.
"ތިމަންމެން އެދެބޭފުޅުންގެ ހަށިކޮޅަށް ބައްލަވާލެއްވީމެވެ. އެދެބޭފުޅުންގެ ހަށިކޮޅަށް އެއްވެސް ގެއްލުމެއް އެއްވެސް ވޭނެއް ލިބިފައެއް ނުވެއެވެ.އެދެބޭފުޅުންގެ ހަށިކޮޅު ހުރީ އެދެބޭކަލުން ވަޅުލެއްވެވި އިރުވެސް ހަމަ ހުރި ގޮތަށެވެ. ތިމަންމެން އެހަށިކޮޅުތައް ނެންގެވީމެވެ. އަދި ސަލްމާން އަލް ފާރިސީ ގެ ހަށިކޮޅާއި ކައިރީގައި އެދެބޭފުޅުންގެ ހަށިކޮޅު އަލުން ވަޅުލެއްވީމެވެ.

މިހުރިހާ މަންޒަރެއް އެއިރު އެތާހުރި މުސްލިމު ނޫން މީހަކަށް ފެނުނެވެ. އެއީ ލޮލުގެ ޑޮކްޓަރެކެވެ. އެމަންޒަރުތައް ފެނުމަށްފަހު އޭނާ ބުނީ އެ ދެ އަސްހާބު ބޭކަލުންގެ ދެލޯފުޅަށް ބެއްލެވި ކަމަށެވެ. އަދި އިންސާނެއް މަރުވުމުން ދެލޮލުގައި އުފެދޭ ނޫރެއް އަދިވެސް އެދެއަސްޙާބު ބޭކަލުންގެ ދެލޯފުޅުގައި ހިމެނޭ ކަމަށެވެ. އެމަންޒަރު ފެނުމަށްފަހު އެޑޮކްޓަރު ވެސް އިސްލާމު ވެވަޑައިގަތެވެ"

އެތަނުގައި ތިބި މުސްލިމު ނޫން ބައިވަރު މީސްތަކުންވެސްއެވަގުތު އިސްލާމްވެ ވަޑައިގެންނެވިއެވެ.


މިއަދު އޮންލައިން