ގަން އެއަރޕޯޓަށް ދިޔަ ޓެކްސީއެއް މަގުގެ އެއްފަރާތުގައިހުރި ފާރު ބުރިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

ކިޔުމަށް ހޭދަވާނީ 43ސ
ގަން އެއަރޕޯޓަށް ދިޔަ ޓެކްސީއެއް މަގުގެ އެއްފަރާތުގައިހުރި ފާރު ބުރިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި
ގަން އެއަރޕޯޓަށް ދިޔަ ޓެކްސީއެއް މަގުގެ އެއްފަރާތުގައިހުރި ފާރު ބުރިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކާރު ޖެހިފައިވަނީ ގަމުގައި އިނގިރޭސިން އުޅުނުދުވަސްވަރު ފެން ހިންދުމަށް ކަނޑާފައިވާ ކާނެއް ފާހަގަކުރުމަށް ހުންނަ ފާރުބުރިއެކެވެ. އަދި އެކްސިޑެންޓް ހިނގާފައިވަނީ އީކުއޭޓަރ ވިލެޖާއި ދިމާލަށް އޮންނަ ބެންޑުންކާރު އަޅަން އުޅެނިކޮށްނެވެ.

މި އެކްސިޑެންޓްގައި ޓެކްސީގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުންލިބިފައެވެ. އެހެންނަމަވެސް ޓެކްސީގެ ޑްރައިވަރަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެކްސިޑެންޓު ހިނގި ވަގުތު ކާރުގައި އިނީ ޑްރައިވަރު އެކަންޏެވެ.

ޑްރައިވަރާ ޙަވާލާދީ "އައްޑޫ އޮންލައިން" ގައި ބުނެފައިވަނީ ކާރު ދުއްވާފައިދިޔައީ ބާރަށް ނޫން ކަމަށާއި ނަމަވެސް އަނބުރާލަން އުޅުނު ވަގުތު ހުންގާނު ލޮކްވީ ކަމަށެވެ.
މިއަދު އޮންލައިން