ފިރިހެނުން އަމިއްލައަށް ކެއްކުމަކީ ފަޚުރުވެރިވާން ޖެހޭ، ރަނގަޅު ސުންނަތެއް- މުފްތީ މެންކު

ކިޔުމަށް ހޭދަވާނީ 1މ
ފިރިހެނުން އަމިއްލައަށް ކެއްކުމަކީ ފަޚުރުވެރިވާން ޖެހޭ، ރަނގަޅު ސުންނަތެއް- މުފްތީ މެންކު
މުފްތީ އިސްމާއިލް އިބްނު މޫސާ މެންކު، ނުވަތަ އާއްމުކޮށް ކިޔާ ނަމުން ނަމަ މުފްތީ މެންކު އަކީ ދީނީ ޢިލްމުވެރިއެއްގެ ޒިމްބާބްވޭ ގެ އެންމެ ޝަރަފުވެރި މުފްތީ އެވެ.

މުސްލިމުން ހޭލުންތެރި ކުރުވުމަށާއި އިސްލާމްދީނުގެ ރިވެތި އުސޫލުތައް މުސްލިމުންނަށް ހަނދުމަ ކޮށްދެއްވަމުން އެމަނިކުފާނު ވަނީ ވަރަށް ގިނަ ގުނަ ދަރުސްތައް ދެއްވާ، ވާހަކަފުޅު ދައްކަވާފައެވެ.

ނަމަވެސް މިފަހަރު ވީޑިއޯ އިން ތިފެންނަ މަންޒަރަކީ ދަރުހަކަށް ގޮސް އެމަނިކުފާނު ދައްކަވާފައިވާ ވާހަކަފުޅެއް ނޫނެވެ. އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުގެ ބަދިގޭގައި، އަމިއްލަފުޅަށް ކަންކަން ހުރެ ދެއްކެި ވާހަކަފުޅެކެވެ.

މުފްތީ މެންކު އޭނާގެ ރޭގަނޑުގެ ފަރިއްކޮޅު ކައްކަން ބަދިގޭގައި ހުންނެވިއިރު، އެމަންޒަރުތައް އޭނާގެ އެކުވެރިއަކު ވަނީ ވީޑިއޯ ކޮށްފައެވެ. ފިރިހެނުން އަމިއްލައަށް ކެއްކުމަކީ ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމަށާއި އެއީ ރަނގަޅު ސުންނަތެއް ކަމަށެވެ.

މުފްތީ މެންކު ކައްކަން އުޅޭ މަންޒަރާއި ތައްޔާރު ކުރި ކާއެއްޗެހީގެ ރެސިޕީ ވެސް އެވީއޯ އިިން ފެނިގެންދެއެވެ.

ގުޅުންހުރި ވީޑިއޯ:


މިއަދު އޮންލައިން